ގޮނޑި ގެއްލޭ އިސްލާހު ބާތިލު ކުރަން ނުފެންނަ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި

އަދި އެންޓި-ޑިފެކްޝަން އުސޫލު ގާނޫނުއަސާސީގައި ހިމަނާފައިވާ އޮތް އޮތުމަކީ ގާނޫނުއަސާސީގެ ސިޔާދަތީ ބާރަށް އުނިކަން ލިބޭނެ ކަމެއްކަމަށް ނުދެކޭ ކަމަށްވެސް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.

މައްސަލައިގެ ހުކުމްކުރި ސުޕްރީމް ކޯޓުގެ ބެންޗު --

ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ ސިޔާސީ ޕާޓީއަކުން ވަކިވެއްޖެނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ، މަޖިލީހުގެ މެމްބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލް ކުރަން ނުފެންނަ ކަމަށް މިއަދު ސުޕްރީމް ކޯޓުން ހުކުމްކޮށްފަ އެވެ.

މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ އަހަރު ސަރުކާރު ހިންގާ ޕީއެންސީން އިސްވެ ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން، ސުޕްރީމް ކޯޓަށް ދުސްތޫރު މައްސަލައެއް ހުށަހެޅުއްވީ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިނެވެ.

އެ މައްސަލައިގެ ހުކުމުގައި ބުނީ، އެންޓި-ޑިފެންޝަން (ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ) އުސޫލަކީ ދިމިގްރާތީ މުޖުތުތަމައުތަކުގައި ގެންގުޅޭ އަސާސީ އުސޫލެއް ކަމަށެވެ.

އެ މުޖުތަމައުތަކުން އެ އުސޫލަށް އަމަލުކުރަންދާ ގޮތަށް ރިއާޔަތްކުރާއިރު، މިފަދަ އުސޫލެއް ރާއްޖޭގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައި އޮތުމަކީ އޭގެ ޒާތުގައި ދައުލަތް ހިންގުމުގައި އަސާސީ އުސޫލުތަކަށާއި، ގާނޫނުއަސާސީގައި ބަޔާންކުރާ ރައްޔިތުންގެ ސިޔާދަތީ ބާރުތަކަށާއި ގާނޫނު ހެދުމުގެ ބާރުތައް ރައްޔިތުންގެ މަޖިލީހަށް ލިބިދީފައި އޮތް އޮތުމަށް އުނިކަން އަންނާނެފަދަ އުސޫލުތަކެއް ގޮތުގައި ނުދެކޭ ކަމަށެވެ.

އަދި އެންޓި-ޑިފެކްޝަން އުސޫލު ގާނޫނުއަސާސީގައި ހިމަނާފައިވާ އޮތް އޮތުމަކީ ގާނޫނުއަސާސީގެ ސިޔާދަތީ ބާރަށް އުނިކަން ލިބޭނެ ކަމެއްކަމަށް ނުދެކޭ ކަމަށްވެސް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.

އެހެންކަމުން، ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްހުތަކަކީ ދުސްތޫރީ ބާރުވެރިކަން ލިބިގެން ނުވާ ބާތިލު އިސްލާހެއް ކަމަށް ކަނޑައެޅޭނެ އެއްވެސް ހަމައެއް ނެތް ކަމަށް ވަނީ ހުކުމްކޮށްފަ އެވެ. އަދި އެ އިސްލާހަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ މެންބަރުންގެ މައްޗަށް ހިނގާނެ އިސްލާހެއް ކަމަށް ވެސް ކަނޑައަޅާފައިވެ އެވެ.

މި މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ހިމެނިވަޑައިގަންނަވާ ގޮތަށް ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.

ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް - ގާނޫނު އަސާސީއަށް ސަރުކާރުން ހުށަހަޅައިގެން ގެނައި އިސްލާހުގައި ހިމެނެނީ މައިގަނޑު ގޮތެއްގައި ތިން ކަމެކެވެ. ފުރަތަމަ ކަމަކީ ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ދިވެހިރާއްޖޭގެ އިގުތިސާދީ ހާއްސަ ސަރަހައްދު ހިމެނޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކޮށް ރާއްޖޭގެ ސަރަހައްދަކަށް ބަދަލުގެނެވޭނީ މަޖިލީހުގެ ހަތަރު ބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ގާނޫނަކުން ކަމަށް ކަނޑައެޅުމެވެ.

ދެވަނަ ބަޔަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަަރަކު އޭނާ އިންތިހާބުކުރި ދައުރުގެ ތެރޭގައި އިންތިހާބުވި ޕާޓީން ވަކިވުމުން ނުވަތަ އެ ޕާޓީން އޭނާ ވަކިކުރުމުން ނުވަތަ އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު ޕާޓީއަކާ ގުޅުމުން މަޖިލީހުގެ މެންބަރުކަމުން ވަކިވާ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރުމަށް ގެނައި ބަދަލެވެ.

އެންމެ ފަހު ބަދަލަކީ ރާއްޖޭގެ ސަރަހައްދުން ބައެއް އަސްކަރީ ބޭނުމަށް ބޭރު ގައުމަކަށް ދޫކުރެވޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށާއި، ތަމްރީނުތައް ހެދުން ފިޔަވައި އިތުރު ބޭނުމަކަށް ބޭރުގެ ސިފައިންގެ ބަޔަކަށް ރާއްޖޭގައި ތިބެވޭނީ މަޖިލީހުން ރުހުން ދީގެންކަމަށް ކަނޑައެޅުމަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.