މިދުފާ އައްޔަން ކުރަން ފެންނަ ކަމަށް ފާސްވީ 74 މެންބަރުންގެ އިއްތިފާގުންނެވެ.

ކެމްބޯޑިއާ އަދި ސޯޝަލިސްޓް ރިޕަބްލިކް އޮފް ވިއެޓްނާމްގެ ސަފީރު ކަމަށް މަރިޔަމް މިދްފާ ނައީމް އަައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މަޖިލީހުގައި މިއަދު ނެގި ވޯޓުގައި އެ ދެ ގައުމުގެ ސަފީރު ކަމަށް މިދުފާ އައްޔަން ކުރަން ފެންނަ ކަމަށް ފާސްވީ 74 މެންބަރުންގެ އިއްތިފާގުންނެވެ.
މިދްފާ އަކީ ފޮރިން ސާވިސްގައި މަސައްކަތް ކުރަމުން އަންނަ އެ ދާއިރާގެ ބޭފުޅެކެވެ.
އޭގެ އިތުރުން ހެލެނިކް ރިޕަބްލިކް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ކަމަށް ހަސަން އާދަމް އައްޔަން ކުރަން ވެސް މިއަދު ވޯޓަށް އެހި އެވެ. އެ ނަން ފާސްވީ 75 މެންބަރުންގެ ވޯޓުންނެވެ.