ކެބިނެޓަށް ގެނައި ބަދަލަށް މަޖިލީހުން ރުހުން ދީފި

14 މިނިސްޓަރުންނަށް ވެސް ރުހުން ދޭން ފެންނަ ކަމަށް މަޖިލީހުން ނިންމި

ރުހުން ދޭން ފެންނަ ކަމަށް ނިންމެވި 14 ވަޒީރުން-- ފޮޓޯ: ޕީއެސްއެމް

ސަރުކާރުގެ ކެބިނެޓަށް ބަދަލު ގެނެސް ހުވާ ކުރެއްވި 14 މިނިސްޓަރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

މަޖިލީހުގައި ވަކިވަކިން ނެގި ވޯޓުގައި ހުރިހާ މިނިސްޓަރުންނަށް ވެސް ރުހުން ދޭން ފެންނަ ކަމަށް ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ މެންބަރުން ވޯޓު ދެއްވި އެވެ. އަދި އެމްޑީޕީގެ ގިނަ މެންބަރުން ވެސް ވޯޓު ދެއްވީ މިނިސްޓަރުންނަށް ރުހުން ދޭން ފެންނަ ކަމަށެވެ.

ރުހުން ހޯއްދެވުމަށް ފޮނުއްވާފައިވާ ވަޒީރުންގެ ނަންތައް

  •  ދިފާޢީ އަދި ވަތަނީ ހިދުމަތާ ބެހޭ ވަޒީރު ހަސަން ރަޝީދު
  •  މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު
  •  ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން
  •  ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް
  •  ތައުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު
  •  ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ
  •  އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު
  •  މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް
  •  އިސްލާމީކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު
  •  ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން
  •  ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު
  •  ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު
  •  ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު އަބްދުﷲ މުއްތަލިބް
  •  މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފް

ލޯކަލް ކައުންސިލް އިންތިހާބާއި ރެފަރަންޑަމްގެ ނަތީޖާ އަށް ފަހު ކުއްލި ގޮތަކަށް ރައީސް މި ބަަދަލުތައް ގެންނެވީ މި މަހު 14 އަދި 15 ވަނަ ދުވަހު އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ ބަދަލު ގެންނަވަން ނިންމެވި ސަބަބަކީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުން މަސައްކަތް ކުރުމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.