އެމަނިކުފާނު މިހެން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ގުޅޭ ގޮތުން "އަދަދު" އިން ހެދި ޑޮކިއުމެންޓްރީގެ މައްސަލައިގަ އެވެ.

ނޫސްވެރިން އަހުލާގީ މިންގަނޑު ހިފަހައްޓައި ޒިންމާދާރުވުމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ގޮވާލައިފި އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ގުޅޭ ގޮތުން "އަދަދު" އިން ހެދި ޑޮކިއުމެންޓްރީގެ މައްސަލާގައި ފުލުހުން ބޮޑު ތަހުގީގެއް ފަށާފައިވާ މައްސަލާގައި ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.
ނައިބު ރައީސް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަހުލާގީ މިންގަނޑާ އެއްގޮތަށް ކުރާ ނޫސްވެރިކަމެއްގައި މައުލޫމާތު ފޯރުކޮށްދޭނީ ސައްހަކަމާއި ދެ ފުށް ފެންނަ އަދި ޒިންމާދާރު ގޮތެއްގައި ކަމަށެވެ.
އެ މިންގަނޑުގެ ބޭރުން ނޫސްވެރިން މަސައްކަތްކުރާ ނަމަ ރައްޔިތުންގެ މެދުގައި ސައްހަ ނޫން މައުލޫމާތު ފެތުރި މުޖުތަމައުގެ ހަމަޖެހުން ގެއްލުމުގެ ފުރުސަތު ބޮޑުވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
"މައުލޫމާތު ފެތުރުމުގައި ޒިންމާދާރުވެ އަދި ނޫސްވެރިކަމުގެ އަސާސްތައް ނަގަހައްތަން ގޮވާލަން." ނައިބު ރައީސް ވިދާޅުވި އެވެ.
އަދަދު ނޫހުން ހެދި ޑޮކިއުމެންޓްރީގެ މައްސަލާގައި އެ އޮފީސް ބަލައި ފާސް ކުރުމަށް ފަހު ބައެއް ތަކެތި ފުލުހުން ވަނީ ގެންގޮސްފަ އެވެ. އަދި އެ މީޑިއާގެ ދެ އެޑިޓަރުން ފުރުން މަނާކޮށް ފުލުހަށް ހާޒިރުވާން ވަނީ އަންގައިފަ އެވެ.