އަލިފާންގަނޑު ނިއްވާލެވުނީ 8:56 ހާއިރު އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވިކަމުގެ މައުލޫމާތު މިއަދު ހެނދުނު 8:20 ހާއިރު ލިބުމާއެކު ފަޔާ ސްޓޭޝަނުން އެތަނަށް ގޮސް، އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އަލިފާންގަނޑު ނިއްވާލެވުނީ 8:56 ހާއިރު އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

އެމްއެންޑީއެފް އިން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ލައިބްރަރީގެ އޭސީ އާއި އެތަނުގައި ހުރި ކަބެޑުފަދަ ތަކެއްޗަށް ވަނީ އަލިފާނުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
އަދި އެތަނުގައި ބަހައްޓާފައި ހުރި ގިނަ އަދަދެއްގެ ފޮތްތައްވެސް ވަނީ އަނދައިފަ އެވެ.