ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ

މިއަދުގެ މޫސުމަށް ބަލާއިރު، އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރައި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ވިއްސާރަ ދުވަހަކު މާލޭގެ މަގުމަތި -- -- ފޮޓޯ: މިރާ

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވައިޓް އެލާޓް ނެރެފި އެވެ.

މިއަދުގެ މޫސުމަށް ބަލާއިރު، އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރައި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މެޓް އޮފީހުން މިއަދު ވައިޓް އެލާޓް ނެރެފައި ވަނީ ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ. އެ އެލާޓުގައި ވަނީ، ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ފާއިތުވި 24 ގަޑިއިރުގެ މޫސުމަށް ބަލާއިރު، ބައެއް ހިސާބުތަކަށް ވަރަށް ބޮޑަށް ވަނީ މޫސުން ގޯސްވެފަ އެވެ. އެގޮތުން ބައެއް ރަށްރަށަށް ވަނީ ބޯކޮށް ވާރޭވެހިފަ އެވެ. 

ވޭތުވެދިޔަ 24 ގަޑިއިރަށް ބަލާއިރު އެންމެ ގިނައިން ވާރޭވެހުން ކަމަށް ރިކޯޑު ކުރެވިފައި ވަނީ ގދ. ފަރެސްމާތޮޑާ އަށެވެ. އެރަށަަށް 58.1 މިލިލީޓަރުގެ ވާރޭ ވަނީ ވެހިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.