ފުލުހުންގެ ތަހުގީގަށް ގޮތް ކިޔުމުގެ ގާނޫނީ ބާރެއް ނެތް: މީޑިއާ ކޮމިޝަން

އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ކޮމިޝަނަކީ، ރެގިއުލޭޓަރެއްގެ ހައިސިއްޔަތުން އިދާރީ ގޮތުން ކަނޑައަޅަންޖެހޭ މިންގަނޑުތައް ކަނޑައަޅައި ތަންފީޒުކުރާ ގާނޫނީ އިދާރާއެއް ކަމަށެވެ.

އަދަދު މީޑިއާގެ އޮފީސް ތެރޭގައި ފުލުހުން އެ ނޫހުގެ އެޑިޓަރާ ވާހަކަ ދައްކަނީ--

ފުލުހުންގެ ތަހުގީގަށް މައުލޫމާތު ހޯދާ ގޮތް ކަނޑައެޅުމުގެ އިހުތިޔާރެއް ގާނޫނުން ނުލިބޭކަމަށް، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ބުނެފި އެވެ. 

"އައިޝާ"ގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސީރިއަސް ތުހުމަތުތަކެއް ކޮށް، އޮންލައިން މީޑިއާއެއް ކަމަށްވާ "އަދަދު"އިން ގެނެސްދިން ޑޮކިޔުމެންޓްރީއެއްގެ މައްސަލައިގައި، އެ ނޫހުގެ އޮފީހަށް ފުލުހުން ރޭ ވަދެ، ވަނީ ތަހުގީގަށް ބޭނުންވާ އިލެކްޓްރޯނިކް ސާމާނާއި އިތުރު ތަކެތި ގެންގޮސްފަ އެވެ.

އެކަމުގައި މީޑިއާ ކޮމިޝަނުން ރަސްމީކޮށް އެއްޗެއް ނުބުނާތީ، ގިނަ ބައެއްގެ ފާޑިކިޔުން ވަނީ އަމާޒުވެފަ އެވެ.

އެ ފާޑުކިޔުންތަކާ ގުޅިގެން އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ކޮމިޝަނަކީ، ރެގިއުލޭޓަރެއްގެ ހައިސިއްޔަތުން އިދާރީ ގޮތުން ކަނޑައަޅަންޖެހޭ މިންގަނޑުތައް ކަނޑައަޅައި ތަންފީޒުކުރާ ގާނޫނީ އިދާރާއެއް ކަމަށެވެ.

މިގޮތުން، ފުލުހުންގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމުގައި އަމަލުކުރާ މިންގަނޑުތައް ކަނޑައެޅުމުގެ އިހުތިޔާރު އެ ކޮމިޝަނަށް ލިބިފައި ނުވާކަމަށް އެ ބަޔާނުގައި ބުންޏެވެ. 

ނަމަވެސް، މީޑިއާތަކުން އާންމުކުރާ ކޮންޓެންޓާ ގުޅުންހުރި މައްސަލަތައް ބަލައި ތަހުގީގު ކުރުމާއި އިދާރީ ފިޔަވަޅު އަޅަން ޖެހިއްޖެ ހިނދެއްގައި އެކަން ތަންފީޒު ކުރުމުގެ ޒިންމާ އަދާކުރާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. 

އެ ތުހުމަތުތަކާ ގުޅޭގޮތުން، ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'އަދަދު' ނޫހުގެ ނޫސްވެރިޔާ ސުވާލުކުރުމުން، ރައީސް ވަނީ ވަރަށް ސާފުކޮށް އެކަން ދޮގުކުރައްވައިފަ އެވެ.

އަދި އެ މައްސަލާގައި ދައުވާ ކުރާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

"މިފަދަ ދޮގު ވާހަކަ ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް އަޅުގަނޑު ދައުވާ ކުރަން އެދެން ކަމާ ބެހޭ ހުރިހާ ފަރާތްތަކުގެ ކިބައިން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.