ޕަރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން ބުނެފައިނީ މިއަދުން ފެށިގެން ސްޓެލްކޯގެ އެމްޑީގެ މަގާމަށް މިއަދުން ފެށިގެން އަޒްވަރު އައްޔަނުކޮށްފައިވާ ކަމަށެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، މިހާރުވެސް ވަގުތީ ގޮތުން އެކުންފުނީގެ ހިންގުމާ ހަވާލުވެ ހުންނެވި ޑރ. އަލީ އަޒްވަރު އައްޔަނު ކޮށްފި އެވެ.
ސްޓެލްކޯގެ އެމްޑީގެ މަގާމު ހުސްވީ، އެމަގާމުގައި ކުރިން ހުންނެވި އަހުމަދު ޝަމާހު ރަޝީދު މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.
އެހެންވެ، ކުންފުނީގެ ހިންގުން ވޭތުވެދިޔަ ހަތަރު މަހެއްހާ ދުވަހު ހަވާލުކޮށްފައި ވަނީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަޒުވަރާ އެވެ.
ޕަރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން ބުނެފައިނީ މިއަދުން ފެށިގެން ސްޓެލްކޯގެ އެމްޑީގެ މަގާމަށް މިއަދުން ފެށިގެން އަޒްވަރު އައްޔަނުކޮށްފައިވާ ކަމަށެވެ.
ޑރ. އަޒްވަރަކީ ހަކަތައިގެ ދާއިރާގައި ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ، އަދި ހަކަތައިގެ ދާއިރާގެ ސިޔާސަތުތައް އެކުލަވައިލުމުގެ ތަޖުރިބާކާރު ބޭފުޅެކެވެ. ސްޓެލްކޯގައި 20 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ހިދުމަތް ކުރައްވާފައި އަޒްވަރު ވަނީ ކުންފުނީގެ އިސް މުހިންމު މަގާމުތައް ފުރުއްވާފަ އެވެ.
އޭގެތެރޭގައި، ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ)ގެ މަގާމާއި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ އެގްޒެކެޓިވް ޑައިރެކްޓަރެއްގެ ހައިސިއްޔަތުން ސްޓެލްކޯގެ ބޯޑު މެންބަރުކަން ވެސް ވަނީ ކުރައްވާފަ އެވެ.