ޕޭޕަލް ހިދުމަތް؛ ސައީދު ވިދާޅުވީ ދެން ލަސް ނުވާނެ ކަމަށް

މި މަހު 3 ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ސައީދު ދެއްވީ ހަމަ މި ޖަވާބެވެ.

ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފްކުރަން ނިންމިކަން އިއުލާންކުރި ރަސްމިއްޔާތު --

ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ތައާރަފް ކުރަން ދެން މާ ގިނަ ދުވަހެއް ނުނަގާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ސައީދު ވިދާޅުވީ ޕޭޕަލް އާ މީގެ ދެ ދުވަސް ކުރިން ވެސް ވާހަކަ ދައްކާފައިވާ ކަމަށެވެ.

މިހާރު ކުރިޔަށް ދަނީ އިންޓަގްރޭޝަން އާއި ޓެސްޓިންގެ މަރުހަލާ ކަމަށާއި މާ ގިނަ ދުވަހެއް ނުވެ ލޯންޗު ކޮށް ބޭނުން ކުރަން ފަށާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

ނަމަވެސް މި މަހު 3 ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ސައީދު ދެއްވީ ހަމަ މި ޖަވާބެވެ.

"މިވަގުތު މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދޭ. ދާދި އަވަހަށް އިރާދަކުރެއްވިއްޔާ ޕޭޕަލްގެ ހިދުމަތް ލިބޭނެ." މާޗު 3 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވި އެވެ.

ޕޭޕަލް ހިދުމަތް ތައާރަފް ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.

އެކަމާ ގުޅޭ ގިނަ މަޝްވަރާތަކަކަށް ފަހު އުރީދޫ ފިންޓެކް އާ ގުޅިގެން ރާއްޖޭގައި އެ ހިދުމަތް ފަށާނެ ކަމަށް އިއުލާން ކުރީ މިދިޔަ އަހަރު އޮކްޓޯބަރު މަހު ތެރޭގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.