ޕަބްލިކް ލައިބިލިޓީ ޕްލޭން | ވިޔަފާރިއަށް އޮތް ރައްކާތެރިކަމެއް

ޕަބްލިކް ލައިބިލިޓީ ޕްލޭނަކީ ކޮންމެ ފަންތިއެއްގެ ވިޔަފާރިއަކަށް ވެސް އެކަށީގެންވާ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭން އެކެވެ. މިގޮތުން ފިހާރަ އާއި ރެސްޓޯރެންޓްތައް އަދި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ފަރާތްތައްވެސް ކަވަރު ކުރެ އެވެ.

ރާއްޖޭގެ ކޮންސްޓްރަކްޝަން ސައިޓެއް

ވިޔަފާރިއެއް ފަށަނީ އުންމީދުގަ އެވެ. އެންމެ މައްޗާ ހަމައަށް ދިއުމުގެ އުންމީދުގަ އެވެ. ނަމަވެސް ހަގީގަތަކީ ވިޔަފާރިއެއް ހިންގުމަކީ ގޮންޖެހުން ބޮޑު ކަމެކެވެ. ވިޔަފާރިއެއް ހިންގުމަކީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭ ކަމެކެވެ. އޭގެ ތެރެއިންވެސް، ތިމާގެ ވިޔަފާރީގެ މާހައުލުގައި ނުވަތަ މަސައްކަތުގެ ތެރެއިން ތިންވަނަ ފަރާތަކަށް ލިބިދާނެ ގެއްލުމަކަށް ޒިންމާވާންޖެހުމަކީ މާލީގޮތުން ބޮޑު ތަކުލީފަކަށްވެ އެވެ. އެލައިޑް ތަކަފުލްގެ ޕަބްލިކް ލައިބިލިޓީ ކަވަރ އަކީ މިފަދަ ހާލަތްތަކުގައި ތިމާގެ ވިޔަފާރި ސަލާމަތްކޮށްދޭނެ އިސްލާމީ ޝަރީޢާގެ އުސޫލުތަކަށް ފެތޭ ޕްލޭނެކެވެ.

ޕަބްލިކް ލައިބިލިޓީ ކަވާ މިއީ ވިޔަފާރިއެއްގެ މަސައްކަތްތަކުގެ ސަބަބުން ނުވަތަ ވިޔަފާރި ހިންގާ ތަނެއްގައި ހިނގާ ހާދިސާއަކުން، ތިންވަނަ ފަރާތެއްގެ މުދަލަށް ގެއްލުމެއް ވުން ނުވަތަ މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިއްޖެ ހާލަތެއްގައި، ގާނޫނީގޮތުން އުފުލަންޖެހޭ މާލީ ޒިންމާތަކަށް ބަދަލުދޭ ޕްލޭނެކެވެ. ލައިބިލިޓީ ތަކަފުލްގައި ޖިސްމާނީ އަނިޔާތަކާއި މުދަލަށް ލިބޭ ގެއްލުން އަދި ގާނޫނީ ޚަރަދު ވެސް ކަވަރު ކުރެ އެވެ.

ޕަބްލިކް ލައިބިލިޓީ ޕްލޭނަކީ ކޮންމެ ފަންތިއެއްގެ ވިޔަފާރިއަކަށް ވެސް އެކަށީގެންވާ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭން އެކެވެ. މިގޮތުން ފިހާރަ އާއި ރެސްޓޯރެންޓްތައް އަދި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ފަރާތްތައްވެސް ކަވަރު ކުރެ އެވެ. މީގެ އިތުރުން ރީޓެއިލް ފިހާރަތަކާއި އޮފީސްތަކާއި ޚިދުމަތްދޭ މަރުކަޒުތައްވެސް މީގައި ހިމެނެ އެވެ. އެހެންކަމުން ޕަބްލިކް ލައިބިލިޓީ ޕްލޭން ވެގެންދަނީ ވިޔަފާރިކުރާ ފަރާތްތަކަށް ރައްކާތެރިކަން ލިބިގެންދާނެ ޕްލޭންއެއް ކަމުގައެވެ. ވިޔަފާރި ފަށައިގެންދާއިރު ކުރިމަތިވެދާނެ ގިނަ ކަންކަމަށް އޮތް ހައްލެއްގެ ގޮތުގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.