"ކެބިނެޓު ލެވަލްގައި އެ ވާހަކަ ދައްކައިގެން ޑްރައިވަރުންނާއި ސެންޓަރުތަކުންނާއި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރާނަން." ސައީދު ވިދާޅުވި އެވެ.
ތެލުގެ އަގުތަކަށް އައި ބަދަލުތަކާ ގުޅިގެން ޓެކްސީ ހިދުމަތް ދޭ އަގުތަކަށް އެކަށީގެންވާ ބަދަލުތަކެއް ނާންނަ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކުރަން ތައްޔާރަށް ހުންނެވި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ކެބިނެޓަށް މި ފަހުން ގެނައި ބަދަލާއެކު ޓްރާންސްޕޯޓް މިނިސްޓްރީގެ މެންޑޭޓު ވަނީ އިކޮނޮމިކް މިނިސްޓްރީ ދަށަށް ބަދަލު ކޮށްފަ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ އޭނާ އެ މަސައްކަތާ ހަވާލުވި އިރު ޓެކްސީ ޑްރައިވަރުންގެ ފަރާތުން އެ ހިދުމަތުގެ އަގުތަކާ ގުޅޭ ގޮތުން ސިޓީތައް ލިބިފައިވާ ކަމަށެވެ.
"ކެބިނެޓު ލެވަލްގައި އެ ވާހަކަ ދައްކައިގެން ޑްރައިވަރުންނާއި ސެންޓަރުތަކުންނާއި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރާނަން." ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ޓްރާންސްޕޯޓްގެ ހިދުމަތްތައް ބަދަލު ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އެ ހިދުމަތްތައް މިހާރަށް ވުރެ އަވަހަށް އަދި އެފިޝެންޓުކޮށް ދިނުމެވެ.
މިހާރު ކާރެއް ރަޖިސްޓްރީ ކުރަން 20 ދުވަސް ނުވަތަ ތިން މަސް ހޭދަވާ ކަމަށާއި އެފަދަ ކަންކަން ހައްލު ކުރަން ގަސްތު ކުރައްވާ ކަމަށް ސައީދު ވިދާޅުވި އެވެ.