އޭނާ ވަނީ 15 ދުވަހަށް ބަންދު ކޮށްފަ

ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 25 އަހަރުގެ ގ. އީރީ، އަބްދުﷲ މުއާޒެވެ.
އޭނާ އަށް ކުރަނީ މީހެއް ގައިގައި ޖެހުމުގެ ތުހުމަތެވެ.
މުއާޒް ދޫކޮށްލައިފި ނަމަ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބުނެ ކްރިމިނަލް ކޯޓުން ވަނީ އެނާ 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފަ އެވެ.
ކޯޓު އަމުރުގައިވާ ގޮތުން މުއާޒް ވަނީ އާޒިމްގެ ގައިގައި އަތްލައި މާރާމާރީ ހިންގަން މުއާޒް މަސައްކަތް ކޮށްފަ އެވެ. އަދި އޭނާއަކީ މީގެ ކުރިން ވަޅި ޖެހުމުގެ މައްސަލައެއްގައި ހައްޔަރު ކުރި މީހެއް ކަމަށާއި ހައްޔަރާއި ބަންދުގެ ރެކޯޑު ވެސް އޮތް ކަމަށް އެ އަމުރުގައި ބުނެފައިވެ އެވެ.
އެނާ އާޒިމަށް ހަމަލާ ދޭން މަސައްކަތް ކުރީ އެމްޑީޕީން ކުރިޔަށް ގެންދާ ސިލްސިލާ މަގުމަތީ މުޒާހަރާގެ ތެރެއިންނެވެ. އަދި އޭނާ އާޒިމް މޭމަތީ އަތް އަޅައި ކޮއްޕާލާ މަންޒަރު ލައިވް ޓީވީ އަށް ވަނީ އަރައިފަ އެވެ.