އަދަދު ނޫހުގެ އޮފީސް ފުލުހުން ބަލައި ފާސްކޮށްފި

ފުލުހުން އެ އޮފީސް ރެއިޑް ކުރީ ޑރ. މުހައްމަދު މުއިއްޒު ނަހަމަ ގުޅުންތަކެއް ބޭއްވި މައްސަލައިގައި އެ ނޫހުން ޑޮކިއުމެންޓްރީއެއް ހެދި މައްސަލާގައި

އަދަދު މީޑިއާގެ އޮފީސް ތެރޭގައި ފުލުހުން އެ ނޫހުގެ އެޑިޓަރާ ވާހަކަ ދައްކަނީ--

އޮންލައިން މީޑިއާއެއް ކަމަށްވާ "އަދަދު" ގެ އޮފީހަށް ފުލުހުން ވަދެ ބަލައި ފާސްކޮށްފި އެވެ.

ފުލުހުން އެ އޮފީހަށް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންހެނަކާ ނަހަމަ ގުޅުމެއް ބޭއްވި ކަމަށް ތުހުމަތުކޮށް "އަދަދު" ނޫހުން ހެދި ވީޑިއޯ ޑޮކިއުމެންޓްރީއެއްގެ މައްސަލައިގަ އެވެ.

ކޯޓު އަމުރެއްގެ ދަސުން ފުލުހުން އަދަދުގެ އޮފީހަށް ވަދެ ބަލައި ފާސް ކުރާ މަންޒަރު އެ މީޑިއާގެ ފޭސްބުކް ޕޭޖުން ވަނީ ލައިވް ކޮށްފަ އެވެ. ނަމަވެސް ގާތްގަނޑަކަށް ބައި ގަޑިއިރު ފަހުން ފުލުހުން ވަނީ ލައިވް ހުއްޓުވައިފަ އެވެ. 

އެ ތުހުމަތުތަކާ ގުޅޭގޮތުން، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'އަދަދު' ނޫހުގެ ނޫސްވެރިޔާ ސުވާލުކުރުމުން، ރައީސް ވަނީ ވަރަށް ސާފުކޮށް އެކަން ދޮގުކުރައްވައިފަ އެވެ.  

އަދި އެ މައްސަލާގައި ދައުވާ ކުރާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ. 

"މިފަދަ ދޮގު ވާހަކަ ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް އަޅުގަނޑު ދައުވާ ކުރަން އެދެން ކަމާ ބެހޭ ހުރިހާ ފަރާތްތަކުގެ ކިބައިން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.