މި މައްސަލައިގައި ތުހުމަތުކުރެވޭ ޝަހްބާން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތު ކުރާ މީހާގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހުންގެ ފަރާތުން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފި އެވެ.
މިދިޔަ މަހުގެ ތެރޭގައި ހިނގި އެ އަލިފާނުގެ ހާދިސާއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ ލ. މާބައިދޫ، ސަބުނަމްހައުސް، ހުސައިން ޝަހުބާން 29، އެވެ.
ފުލުހުން މިއަދު ބުނީ، އެ އަލިފާނުގެ ހާދިސާއާ ގުޅިގެން ހިންގި ތަހުގީގު ނިންމައި، އެ މައްސަލައިގައި ދައުވާ އުފުލުމަށްޓަކައި އޭޕްރީލް 21 ވަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ޝަހްބާން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ގުދަނުގައި ރޯވުމުގެ މިނެޓްކޮޅެއް ކުރިން ސައިކަލެއްގައި އައި މީހަކު އެގެއަށް ވަންނަ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް ވަނީ އާންމުވެފަ އެވެ.
ރޯވެފައި ވަނީ އޭނާ އެގެއިން ނުކުތުމަށްފަހުއެވެ. އެހެންކަމުން އެގޭގައި ގަސްތުގައި ރޯކޮށްލީ ކަމަށް ތުހުމަތު ކުރެވެ އެވެ.