މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާއަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ)އިން އެ ބައި-އިލެކްޝަންއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް މިހާރު ވަނީ އެ މުއްދަތު އަންނަ މަހުގެ ދެވަނަ ދުވަހުގެ 15:00 ގެ ނިޔަލަށް އިތުރުކޮށްފަ އެވެ.

އިލެކްޝަންސް ކޮމިޝަން

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ހުސްވެފައިވާ މެމްބަރުކަމުގެ ބައި-އިލެކްޝަންއަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އެ ބައި އިލެކްޝަން ބާއްވަން ޖެހުނީ، މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާންގެ މައްޗަށް އޮތް ސާބިތު ދަރަންޏެއް ދައްކާފައި ނުވާތީ، އޭނާގެ މަޖިލީސް ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ. 

އިލެކްޝަންސް ކޮމިޝަން (އީސީ)އިން އެ ބައި-އިލެކްޝަންއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް މިހާރު ވަނީ އެ މުއްދަތު އަންނަ މަހުގެ ދެވަނަ ދުވަހުގެ 15:00 ގެ ނިޔަލަށް އިތުރުކޮށްފަ އެވެ.

އެ ގޮނޑިއަށް ޕީއެންސީގެ ޕްރައިމަރީގައި ވާދަކޮށް، ސިނާން ވަނީ އަލުން ޓިކެޓު ހޯދައިފަ އެވެ. އޭގެ އިތުރުން އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުالله ސޯދިގު (ސޯބެ) ވަނީ އެމްޑީޕީ ޓިކެޓު ކާމިޔާބުކޮށްފަ އެވެ.

އެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ ހަވަނަ ދުވަހު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.