މަރުވެފައި ވަނީ އެރަށު ސޯސަންގެ، އިބްރާހީމް ޔޫސުފްފުޅު 55، އެވެ. އެމީހާގެ ހަށިގަނޑު ރޭގެ ވަގުތެއްގައި ވަނީ އެ އަތޮޅު އުނގޫފާރަށް ގެންގޮސްފަ އެވެ.

ފުލުހުން ބުނީ، އެމީހާގެ ހަބަރެއް ނުވެ ދެ ދުވަސްވެފައިވާތީ އެރަށު ބަޔަކު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ ރިޕޯޓާ ގުޅިގެން ރޭ ގާތްގަނޑަކަށް 21:53 ހާއިރު ފުލުހުން އެގެއަށް ވަދެ ބެލިއިރު، އެމީހާ މަރުވެފައި އޮއްވައި ވަނީ ފެނިފަ އެވެ.
މަރުވެފައި ވަނީ އެރަށު ސޯސަންގެ، އިބްރާހީމް ޔޫސުފްފުޅު 55، އެވެ. އެމީހާގެ ހަށިގަނޑު ރޭގެ ވަގުތެއްގައި ވަނީ އެ އަތޮޅު އުނގޫފާރަށް ގެންގޮސްފަ އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، އެމީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެނިފައި ނުވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.