އަތޮޅު ކައުންސިލުތައް އުވާލުން ބާތިލުކުރާ އިސްލާހު އެމްޑީޕީން މަޖިލީހަށް ވައްދައިފި

ދައުލަތް ހިންގުމުގެ ނިޒާމަށް ބަދަލު ގެންނަން ރައްޔިތުންގެ ރުހުން ނެތް ކަން އެ ވޯޓުގެ ނަތީޖާއެއް ސާފުވާ ކަމަށް ވިދާޅުވެ، ކުޑޫ ވަނީ ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލުކޮށް، އަތޮޅު ކައުންސިލުތައް އަލުން ރުޖޫއަކުރަން ހުށަހަޅުއްވައިފަ އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)

މި ސަރުކާރުން އަތޮޅު ކައުންސިލުތައް އުވާލުން ބާތިލުކުރާ އިސްލާހު، އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. 

އަތޮޅު ކައުންސިލް ވުޖޫދުކުރުމާއި، އެކުލެވިގެންވާ ގޮތް ބަޔާންކުރުމާއި އަތޮޅު ކައުންސިލުތައް އިންތިހާބު ކުރަން ވޯޓު ނަގަންޖެހޭ ގޮތް ބަޔާން ކުރާ މާއްދާތައް ގާނޫނުއަސާސީން އުނިކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

އެއާ އެކު، މި މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އަތޮޅު ކައުންސިލްތަކަށް މެމްބަރުން އިންތިހާބުކޮށްފައެއް ނުވެ އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ގާނޫނުއަސާސީއަށް ހުށަހެޅުއްވި އިސްލާހުގައި ވިދާޅުވީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ނިޒާމަށް، އަތޮޅު ކައުންސިލުތައް އުވާލުމުން އުނިކަން ލިބިފައިވާ ކަމަށެވެ. 

ކުޑޫ ވިދާޅުވި ގޮތުގައި، ގާނޫނުއަސާސީއަށް އެފަދަ ބޮޑު އިސްލާހެއް ގެނެސްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމިއްލަ ވިސްނުންފުޅުގެ ތެރެއިން ކަމަށާއި، އެކަމަށްޓަކައި އެކަށީގެންވާ ދިރާސާއެއް އަދި މަޝްވަރާއެއް ވެސް ކޮށްފައެއް ނުވެ އެވެ. 

ރައީސް ގެންނަވަން ބޭނުންފުޅުވި ބަދަލުތަކުގެ ތެރޭގައި، ރިޔާސީ އަދި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުން ވެސް ހިމެނޭއިރު، އެކަމަށް ނެގުނު ފެންނަ ނުފެންނަ ވޯޓުގައި، 68 ޕަސެންޓު ރައްޔިތުން އެކަމަށް ނޫނެކޭ ބުނެފައިވާކަން އެ އިސްލާހުގައި ފާހަގަކޮށްފައިވެ އެވެ. 

ދައުލަތް ހިންގުމުގެ ނިޒާމަށް ބަދަލު ގެންނަން ރައްޔިތުންގެ ރުހުން ނެތް ކަން އެ ވޯޓުގެ ނަތީޖާއެއް ސާފުވާ ކަމަށް ވިދާޅުވެ، ކުޑޫ ވަނީ ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލުކޮށް، އަތޮޅު ކައުންސިލުތައް އަލުން ރުޖޫއަކުރަން ހުށަހަޅުއްވައިފަ އެވެ.

ކުޑޫ ހުށަހެޅުއްވި އިސްލާހުގެ ފުރަތަމަ ކިޔުން އިއްވުން، މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ ތާވަލުކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.