މައުލޫމާތު ލިބޭ ގޮތުގައި ތިން ބޭފުޅުންގެ ތެރެއިން އާދަމް ޝަރީފް އެ މަގާމަށް އައްޔަނު ކޮށްފައިވަނީ މިނިސްޓަރު ފެންވަރުގަ އެވެ.

ކުރީގެ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމްގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަން ކޮށްފި އެވެ.
މިތިން ބޭފުޅުންގެ ތެރެއިން ތޯރިގާއި އާދަމް ޝަރީފަކީ މި ސަރުކާރުން ފުރަތަމަ އެކުލަވައިލި 22 މިނިސްޓަރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނެވެ. ނަމަވެސް މިމަހުގެ 14 ވަނަ ދުވަހު ކުއްލި ގޮތަށް މަގާމުން އިސްތިއުފާ ދެއްވި 10 މިނިސްޓަރުންގެ ތެރޭގައި އެ ދެ ބޭފުޅުން ހިމެނެ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި ތިން ބޭފުޅުންގެ ތެރެއިން އާދަމް ޝަރީފް އެ މަގާމަށް އައްޔަނު ކޮށްފައިވަނީ މިނިސްޓަރު ފެންވަރުގަ އެވެ.
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީއަށް ލިބުނު ބޮޑު ނާކާމިޔާބީ އާ ގުޅިގެން، ރައްޔިތުން އެދޭ ގޮތަށް ސަރުކާރުގެ ހިންގުމަށް ބޮޑެތި ބަދަލުތައް ގެންނަވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އެ ބަދަލުގެ ދަށުން ކެބިނެޓް މިހާރު ވަނީ 15 އަށް ކުޑަކޮށްފަ އެވެ.
އެގޮތުން ބައެއް މިނިސްޓްރީތައް އެކޮށްލައި، އާދަމް ޝަރީފް ހުންނެވި ލޯކަލް ގަވަމެންޓް މިނިސްޓްރީ ވަނީ އުވައިލައްވާފަ އެވެ.