ކަރަންޓު ބިލަށް ބަދަލެއް ނުގެންނަން، ޝައްކު ކުރެވޭ ބިލުތައް ޗެކުކޮށްދޭނަން: ފެނަކަ

"ކުންފުނިން ތައްޔާރުކޮށްފައިވާ އެއްވެސް ބިލެއްގައި މައްސަލައެއް އުޅޭކަމަށް ޝައްކު ކުރެވިގެން ރީޑިން އިތުރަށް ޗެކް ކުރައްވަން ބޭނުންވެއްޖެނަމަ، އެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގައި ދަންނަވަން،" ފެނަކައިން ބުންޏެވެ.

ފެނަކަ އައްޑޫ ބްރާންޗުގެ އިންޖީނުގޭގައި މުވައްޒަފުން މަސައްކަތް ކުރަނީ --

ނިމިދިޔަ މާޗު މަހުގެ ކަރަންޓު ބިލުތައް ތައްޔާރުކޮށްފައި ވަނީ އުސޫލާ އެއްގޮތަށް ކަމަށާއި، ޝައްކު ކުރެވޭ ބިލުތަކުގެ ރީޑިން އިތުރަށް ޗެކުކޮށްދޭނެ ކަމަށް ފެނަކައިން ބުނެފި އެވެ.

ސަރުކާރުން މިދިޔަ ރޯދަމަހަށް ދިން ޑިސްކައުންޓާއެކު، ކޮންމެ ގޭބިސީއަކަށް ދީފައި ވަނީ އެންމެ ބޮޑުވެގެން 400 ރުފިޔާގެ ބިލެކެވެ. ނަމަވެސް މާޗު މަހުގެ ބިލު އާންމު މަސްތަކާ އަޅާބަލާއިރު ދެގުނަ ބޮޑުވެފައިވާ ކަމުގެ ޝަކުވާ ގިނަ ބަޔަކު ދަނީ ކުރަމުންނެވެ.

އެކަމާ ގުޅިގެން ފެނަކައިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މާޗު މަހުގެ ކަރަންޓު ބިލުތައް ތައްޔާރުކުރުމުގައި އެ ކުންފުނިން އަމަލުކޮށްފައި ވަނީ އެހެން މަސްމަހުވެސް އަމަލުކުރާ އުސޫލުން ކަމަށެވެ. 

އަދި އެ އުސޫލާ ހިލާފަށް އެކުންފުނީގެ ހިދުމަތްދޭ އެއްވެސް ފަރާތެއްގެ ބިލެއް ތައްޔާރުކޮށް، ބިލަށް އުނި އިތުރެއް ގެނެސްފައިވެސް ނުވާނެ ކަމަށް ފެނަކައިން ބުނެފައިވެ އެވެ.

"ކުންފުނިން ތައްޔާރުކޮށްފައިވާ އެއްވެސް ބިލެއްގައި މައްސަލައެއް އުޅޭކަމަށް ޝައްކު ކުރެވިގެން ރީޑިން އިތުރަށް ޗެކް ކުރައްވަން ބޭނުންވެއްޖެނަމަ، އެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގައި ދަންނަވަން،" ފެނަކައިން ބުންޏެވެ.

އަދި ކޮންމެ އަހަރެއްގެވެސް މާޗް އަދި އޭޕްރީލް މަހަކީ އެންމެ ގިނަ އަދަދަކަށް ކަރަންޓު ބޭނުންކުރެވޭ ދުވަސްވަރިކަމުން، ކަރަންޓު ބޭނުންކުރުމުގައި ސަމާލުވުމަށްވެސް އެކުންފުނިން އިލްތިމާސްކޮށްފައިވެ އެވެ.


ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.