މި ގިފްއަވޭ ލިބޭނީ އިންސްޓަގްރާމްގައި އެލައިޑް އިންޝުއަރެންސްގެ ރަސްމީ ޕޭޖް allied.mv ފޮލޯކޮށްގެންނެވެ. އަދި ސްޓޯރީ ހިއްސާކުރާއިރު allied.mv ޓެގްކުރުމާއެކު މި ދުވުމުގެ ހާއްސަ ހޭޝްޓެގް ބޭނުން ކުރަން ޖެހެ އެވެ.

އެލީޓް ރަނާސް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ "ހުޅުމާލެ ރަން 2026" އަންނަ މަހު އޮންނާނެ އެވެ. ބޮޑު މި ދުވުމުގެ މި އަހަރުގެ ޓައިޓަލް ސްޕޮންސަރަކީ އެލައިޑް އިންޝުއަރެންސް އެވެ. މި ބޮޑު ދުވުމުގެ ފޯރިގަދަ ކޮށްލަން އެލައިޑުން މިވަނީ ހާއްސަ ކަމެއް ފަށާފަ އެވެ. އެއީ އެލައިޑް އިންޝުއަރެންސްގެ ސޯޝަލް މީޑިއާ ފޮލޯވަރުންނަށް ޚާއްސަކޮށް، "އެލައިޑް ހުޅުމާލެ ރަން 2026" އަށް މަރުހަބާ ކިޔުމުގެ ގޮތުން "ޝެއާ ދަ ރަން" ގެ ނަމުގައި އަގުހުރި އިނާމަކާއެކު ގިވްއަވޭއެއް ލިބޭ ކެމްޕޭނެއް ފެށުމެވެ.
ސޯޝަލް މީޑިއާގެ މި ހަރަކާތަކީ އެލައިޑްގެ އޮންލައިން ކޮމިއުނިޓީން ދެމުންގެންދާ އެއްބާރުލުމަށް ޝުކުރު އަދާކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ހަރަކާތުގައި މި ގިވްއަވޭގެ ނަސީބުވެރިއަކަށް ހޮވޭ ފަރާތަކަށް ހުށަހެޅިފައިވަނީ އެންމެ ފަހުގެ އެޕަލް އެއާޕޮޑް ޕްރޯ 3 ލިބޭނެ އެވެ. މިއީ އަގުގެ ގޮތުން ބެލިޔަސް، ބޭނުމުގެ ގޮތުން ބެލިނަމަވެސް މުހިންމު އެއްޗެކެވެ.
ބައިވެރިވާނީ ކިހިނެއް ؟ - މި ގިފްއަވޭ ލިބޭނީ އިންސްޓަގްރާމްގައި އެލައިޑް އިންޝުއަރެންސްގެ ރަސްމީ ޕޭޖް allied.mv ފޮލޯކޮށްގެންނެވެ. ފޮލޯ ކުރުމަށްފަހު އެލައިޑް އިންޝުއަރެންސް އިން ދުވުމާ ގުޅޭގޮތުން ކުރާ ޕޯސްޓްތައް އިންސްޓަގްރާމް ސްޓޯރީ ލާން ޖެހެ އެވެ. އަދި ސްޓޯރީ ހިއްސާކުރާއިރު allied.mv ޓެގްކުރުމާއެކު #AlliedHulhumaléRun2026 ހޭޝްޓެގް ބޭނުންކުރަންވެސް ޖެހެ އެވެ. މި މުބާރާތުން ހޮވޭނީ އެންމެ ގިނައިން ސްޓޯރީ ޝެއާކުރާ ފަރާތެކެވެ. މުބާރާތް ކުރިއަށްދާނީ އަންނަ މަހުގެ 23 ގެ ނިޔަލަށެވެ.
މިއީ ކޮން ދުވުމެއް ؟ - މި ދުވުމުގައި އެކި އުމުރުފުރާތަކަށް ބައިވެރިވެވޭނެހެން ފޯރިގަދަ ހަތަރު ކެޓަގަރީއެއް ހިމަނާފައިވެއެވެ. މީގެ ތެރޭގައި އާއިލާތަކަށް ހާއްސަ 1 މައިލް ފެމިލީ ރަން، 5 ކިލޯމީޓަރުގެ ދުވުން، 10 ކިލޯމީޓަރުގެ ދުވުން އަދި ތަޖުރިބާކާރު ދުވުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ 21 ކިލޯމީޓަރުގެ ހާފް މެރަތަން ހިމެނެއެވެ.
ޖުމްލަ 2,500 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭ މި ދުވުމަކީ އިޖުތިމާއީ އެއްބައިވަންތަކަމުގެ އިތުރުން ދުޅަހެޔޮ ސިއްހަތެއްގެ މުހިންމުކަން ދައްކުވައިދޭނެ ހަރަކާތެކެވެ.
އެލައިޑް ހުޅުމާލެ ރަން 2026 ގެ ހާއްސަވާ އެއްކަމަކީ، ހުރިހާ ދުވުންތެރިންވެސް މި ދުވުމުގައި ދުވާނީ އެލައިޑް އެކްސިޑެންޓަލް ކަވަރ އަކާއި އެކުގައެވެ.
އެލައިޑުން ގަބޫލުކުރާ ގޮތުގައި ކޮންމެ ދުވުންތެރިއަކަށްވެސް މިފަދަ ހަރަކާތްތަކުގައި ދިމާވެދާނެ ކުއްލި ހާދިސާއަކަށް ތައްޔާރުވެގެން ތިބުމަކީ ވަރަށް މުހިންމުކަމެކެވެ. މީގެ އިތުރުން، މި ދުވުން އިތުރަށް ފޯރިގަދަ ކުރުމުގެ ގޮތުން، ދުވުމުގެ އެކި ކެޓަގަރީ ތަކުން ވަނަތައް ހާސިލްކުރާ ފަރާތްތަކަށް އެލައިޑްގެ ފަރާތުން ހާއްސަ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި އެލައިޑް ހެލްތު ކަވަރޭޖާއި އަހަރީ ޓްރެވަލް ކަވަރޭޖް ހިމެނެއެވެ. މިއީ ދުވުން ނިމުމަށްފަހު ވެސް، ބައިވެރިންގެ ދުޅަހެޔޮކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެލައިޑުން ބަހައްޓާ އަހަންމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ.
އެލައިޑް ހުޅުމާލެ ރަން އަކީ ހަމައެކަނި ދުވުމުގެ މުބާރާތެއް ނޫނެވެ. މިއީ އެންމެން ގުޅިގެން ހާސިލުކުރެވޭނެ ކަންތައްތައް ފާހަގަކޮށް އިޖުތިމާއީ ރޫހު އާލާކުރާ ހަރަކާތެކެވެ. 22 މެއި 2026 ގައި ދުވުމަށް ތައްޔާރުވާ ކޮންމެ ދުވުންތެރިއަކަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ އެލައިޑުން ފަހުރުވެރިވާ ކަމެކެވެ.