އިހުމާލުން ކޭބަލް ބުރިވެ ކަރަންޓު ކެނޑުން | ދެވަނަ ފިޔަވައްސަށް ތަކުލީފަކަށް

މި މަހުގެ ތެރޭގައި މިއީ މިފަދަ ދެވަނަ ހާދިސާއެވެ. މި ހިނގާ އެޕްރީލް މަހުގެ 12 ވަނަ ދުވަހުވެސް ކޮނުމުގެ މަސައްކަތް ކުރި ބައެއްގެ އިހުމާލުން މައި ކޭބަލަކަށް ގެއްލުންވެ، ދެވަނަ ފިޔަވަހީގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުނެވެ.

މިދިޔަ ދެ މަހުތެރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގެ މައިން ކޭބަލަށް ލިބިފައިވާ ގެއްލުން

ހުޅުމާލޭގެ ދެވަނަ ފިޔަވަހީން މިފަހުން ހައެއްކަ ފަހަރު ކަރަންޓު ކެނޑިފައިވަނީ މެއިން ކޭބަލް ބުރިވެގެންނެވެ. މި މަހު މިފަދަ ދެ ހާދިސާއެއް ވަނީ ހިނގާފަ އެވެ. މީގެ ކޮންމެ ހާދިސާއަކުން ވެސް އެނގިގެން ދަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި މަސައްކަތް ކުރަން ކޮންނަ މީހުންގެ އިހުމާލެވެ. ފަރުވާ ކުޑަވުމުގެ ސަބަބުން އުދެލިން ނުވަތަ ހައިމާކުގެ ދަށްގަނޑުން ޖެހި މެއިން ކަރަންޓު ބޭބަލް ބުރި އެވެ. މިއާއެކު ހުޅުމާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑެ އެވެ.  

މި މަހުގެ ތެރޭގައި މިއީ މިފަދަ ދެވަނަ ހާދިސާ އެވެ. މި ހިނގާ އެޕްރީލް މަހުގެ 12 ވަނަ ދުވަހުވެސް ކޮނުމުގެ މަސައްކަތް ކުރި ބައެއްގެ އިހުމާލުން މައި ކޭބަލަކަށް ގެއްލުންވެ، ދެވަނަ ފިޔަވަހީގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުނެވެ. މި ހާދިސާތަކުގެ ތަހުގީގުން ހާމަވި އެންމެ ކަންބޮޑުވާ ކަމަކީ، މީގެ ކުރިންވެސް ކޭބަލަށް ގެއްލުންދީ، އެކަން ސްޓެލްކޯއަށް ރިޕޯޓްކުރުމުގެ ބަދަލުގައި ޓޭޕް އޮޅައި ސިއްރުކޮށްފައިވާކަން "ފޯލްޓް ޑިޓެކްޓާ" މެދުވެރިކޮށް ބެލިބެލުމުން އެނގިފައިވުމެވެ.

ކޭބަލްތައް ވަޅުލާފައިވަނީ ރައްކާތެރި މިންގަނޑުތަކަށް

ސްޓެލްކޯ އިން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވެސް ކަރަންޓު ކޭބަލްތައް ވަޅުލާފައިވަނީ ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް، ކޭބަލް އޮތް ސަރަހައްދު އަންގައިދޭ ޓޭޕާއި ރައްކާތެރިކަމުގެ ޝީޓްތަކާއެކުގައެވެ. އެހެންކަމުން، ބިންކޮނުމުގެ މަސައްކަތްކުރާ ފަރާތްތަކުން މިއަށްވުރެ ބޮޑަށް ސަމާލުކަންދީފިނަމަ، މިފަދަ ހާދިސާތައް ހިނގުން ހުއްޓުވޭނެ އެވެ.މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ކަރަންޓުގެ ވިއުގަ ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު ސްޓެލްކޯއިން ވަނީ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައެވެ.

މަަސައްކަތް ކުރާއިރު ސަމާލުކަން ދޭން ޖެހޭ ކަންކަން

  •  ހުއްދަ ހޯދުން - ކޮނުމުގެ މަސައްކަތް ފެށުމުގެ ކުރިން ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދައި، ވިއުގަ އޮތް ގޮތް އޮޅުންފިލުވުން
  •  ރިޕޯޓްކުރުން - މަސައްކަތުގެ ތެރެއިން ކޭބަލަކަށް ގެއްލުމެއް ލިބިއްޖެނަމަ، އެކަން ސިއްރު ނުކޮށް ވަގުތުން ކުންފުންޏަށް އެންގުން
  •  ޒިންމާދާރުވުން - އަސާސީ ޚިދުމަތްތަކަށް ބުރޫއަރާނެ ފަދަ އަމަލުތަކުން ދުރުހެލިވުން

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.