ކްރޫޒްލައިނާތަކުން އައި ޓޫރިސްޓުންގެ އަދަދު ބޮޑުތަނުން މައްޗަށް

މިދިޔަ އަހަރުގެ މި މުއްދަތުގައި ކްރޫޒްލައިނާތަކުން ރާއްޖެ އައިސްފައިވަނީ 3,753 ޓޫރިސްޓުންނެވެ، ނަމަވެސް މި އަހަރު މިއަދަދު ވަނީ 10,351 އަށް އިތުރުވެ 175 ޕަސެންޓުގެ ބޮޑު އިތުރުވުމެއް އައިސްފަ އެވެ.

މާލެއަށް ބަނދަރުކޮށްފައިވާ ކްރޫޒްލައިނާއެއް

މި އަހަރުގެ މިހާތަނަށް ކްރޫޒްލައިނާތަކާއި ޔޮޓް ފަހަރުން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ބޮޑުތަނުން އިތުރު ވެއްޖެ އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ކްރޫޒްލައިނާތަކުން ރާއްޖެ އައިސްފައިވަނީ 3,753 ޓޫރިސްޓުންނެވެ، ނަމަވެސް މި އަހަރު މިއަދަދު ވަނީ 10,351 އަށް އިތުރުވެ 175 ޕަސެންޓުގެ ބޮޑު އިތުރުވުމެއް އައިސްފަ އެވެ. ކްރޫޒްލައިނާ ޓޫރިސްޓުންގެ އިތުރުން މި އަހަރުގެ މިހާތަނަށް ޓޫރިސްޓު ވިޒާގައި އައި ބިޒްނަސް އެރައިވަލްސް މީހުންގެ އަދަދުވެސް އިތުރުވެފައިވާ ކަމަށް ދައްކަ އެވެ. 

މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް 4,455 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިއީ ކުރީ އަހަރު އައި 4,385 މީހުންނާ އަޅާބަލާއިރު %1.6 އިތުރުވުމެކެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ކްރޫޒްލައިންއިން އައި ޓޫރިސްޓުންގެ އަދަދު އިތުރުވިނަަމަވެސް ޖުމްލަ ޓޫރިސްޓުންގެ އަދަދު ވަނީ ދަށްވެފަ އެވެ. މި އަހަރު 758,753 ޓޫރިސްޓުން އައިސްފައިވާއިރު މިދިޔަ އަހަރު އައި ޓޫރިސްޓުންގެ އަދަދު އުޅެނީ 791,368 ގަ އެވެ. މިއީ މިދިޔަ އަހަރު އައި 791,368 ޓޫރިސްޓުންނާ އަޅާބަލާއިރު 4.1 ޕަސެންޓުގެ ދަށްވުމެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.