މިފަހަރުވެސް ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑުނީ ކޭބަލެއް ބުރިވެގެން

ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑުނުއިރު މިއީ މިމަހުގެ މިގޮތަށް ކަރަންޓު ކެނޑުނު ދެވަނަ ފަހަރެވެ.

ދެވަނަ ފިޔަވަހިން ބުރިވި ކޭބަލް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އުސް ގިނަ އިމާރާތްތަކެއްގެ ކަރަންޓު ހިދުމަތް މިއަދު ކަނޑައިގެން ދިޔައީ މަގުމަތީ މެއިން ކޭބަލެއް ބުރިވެގެން ކަމަށް ސްޓެލްކޯއިން ބުނެފި އެވެ. 

ސްޓެލްކޯއިން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ، މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ކޮންނަނިކޮށް ހައި ވޯލްޓޭޖް ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން ކަމަށާ މިހާރު ދަނީ ކޭބަލް މަރާމާތުކޮށް، ވީ އެންމެ އަވަހަކަށް ހިދުމަތް އަލުން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. 

ހުޅުމާލެ ދެވަނަ ފިޔަވަހިން މިއަދު ކަރަންޓު ކެނޑިފައިވަނީ ހިޔާ ޓަވަރު 5، 6، އަދި 7 އަދި  ވިނަރެސްގެ 10 ޓަވަރާއި 
އަމާން ދޯދި 12، 13، 14، 15، އަދި 16 ގެ އިތުރުން އަމާން އުދަރެސް 5، އަދި 6 އަދި  އެމްޕީއެލް ޓަވަރުތަކުންނެވެ.

ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑުނުއިރު މިއީ މިމަހުގެ މިގޮތަށް ކަރަންޓު ކެނޑުނު ދެވަނަ ފަހަރެވެ.  

ސްޓެލްކޯގެ އޮފިޝަލު މީޑިއާ ގްރޫޕުގައި ބުނީ ދެވަނަ ފިޔަވަހީގެ ނެޓްވޯކް ކޭބަލްއަކީ އެ ކުންފުނިން ބަލަހައްޓާ ކޭބަލެއް ނޫން ކަަމަށާ، އެކަމުގައި ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.