ސްޓެލްކޯއިން ބުނީ، ހިޔާ، ވިނަރެސް، އެފްޑީސީ އަދި އެމްޕީއެލްގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް ކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.

ހުޅުމާލޭ ފޭސް 2 ގައި ހުރި ގިނަ އަދަދެއްގެ ފްލެޓުތަކުން ކަރަންޓުގެ ހިދުމަތް ކެނޑިފައިވާކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ސްޓެލްކޯއިން ބުނީ، ހިޔާ، ވިނަރެސް، އެފްޑީސީ އަދި އެމްޕީއެލްގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް ކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.
ހިދުމަތް މެދުކެނޑިފައިވާ ސަރަހައްދުތަކަކީ:
ހިޔާ ޓަވަރު 5، 6، އަދި 7
ވިނަރެސްގެ 10 ޓަވަރު
އަމާން ދޯދި 12، 13، 14، 15، އަދި 16
އަމާން އުދަރެސް 5، އަދި 6
އެމްޕީއެލް ޓަވަރުތައް
ސްޓެލްކޯއިން ބުނީ އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.