އައިއިޓީގެ މި ކޯސްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގަބޫލުކުރާ، އެމްއެންކިއުއެފް ލެވެލް ތިނަކުން ފެށިގެން ލެވެލް ހަކަޔާ ހަމައަށް ކިޔެވުމުގެ ފުރުސަތު ލިބޭ ކޯސްތަކެކެވެ.

މަތީ ތައުލީމާއި ތަމްރީނު ދިނުމުގައި 16 އަހަރުގެ ތަޖުރިބާލިބިފައިވާ އައިލެންޑް އިންސްޓިޓިއުޓް އޮފް ޓާޝަރީ އެޑިއުކޭޝަން (އައިއައިޓީއީ) އިން، މި އަހަރުގެ ޖޫން މަހުގެ އިންޓޭކަށް އެކި ދާއިރާތަކުން ކޯސްތައް އިއުލާނުކޮށް، ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އައިއިޓީ އިން ވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގަބޫލުކުރާ، އެމްއެންކިއުއެފް ލެވެލް ތިނަކުން ފެށިގެން ލެވެލް ހަކަޔާ ހަމައަށް ތަފާތު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ކޯސްތަކުގެ ތެރެއިން ގިނަ ކޯސްތަކަކީ މާލޭގައި ތިބެގެން ނުވަތަ އޮންލައިންކޮށް ކިޔެވުމުގެ އިހުތިޔާރު ލިބިގެންދާނެ ކޯސްތަކެކެވެ. މީގެ އިތުރުން، ޔުނިވަރސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމް (ޔޫޕީޕީ)ގެ ގެ ފުރުސަތު ވެސް މި އިންޓޭކުގައި ވަނީ ހުޅުވާލާފައިވެ އެވެ. މި ކޯސްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ 25 ޖުލައި 2026 އެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް އެ އިންސްޓިޓިއުޓްގެ ނަންބަރު 9639992 އަށް ގުޅުއްވުމަށް ނުވަތަ ވެބްސައިޓް އަށް ޒިޔާރަތްކުރެއްވުމަށް އެ އިންސްޓިޓިއުޓުން އެދެއެވެ.