އޭނާ މާލެ ވާޑައިގަންނަވަނީ އަންނަ ހޯމަ ދުވަހު އެވެ. އަދި އަންގާރަ ދުވަހުން ފެށިގެން ޓުއާ ފަށާނެ އެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ ޝޭހް އާސިމް އަލް ހަކީމް ރާއްޖެގައި އޭނާގެ ދަރުސްތައް ދިނުމުގެ ޓުއާއެއް ބާއްވަން ނިންމައިފި އެވެ.
ސައުދީ އަރަބިއްޔާ އަށް ނިސްބަތްވާ އާސިމަކީ ދުނިޔޭގައި މަޝްހޫރު އަދި ނުފޫޒު ގަދަ ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާގެ ދަރުސްތަކާއި ސުވާލާއި ޖަވާބު ދޭ ޕްރޮގްރާމްތަކުގެ ވީޑިއޯތަކަކީ ސޯޝަލް މިޑިއާތަކުގައި އެތައް މިލިއަން މީހުން ބަލަ އެވެ.
އާސިމް ރާއްޖެ ގެނައުމުގެ ކަންކަން އިންތިޒާމްތައް ކުރަމުން އަންނަ "ދަ ޓްރެވަލާ" ގްރޫޕުގެ އޮފިޝަލަކު "މިރާ" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އޭނާ ރާއްޖޭގެ ހުރިހާ ސިޓީތަކެއްގައި ދަރުސް ދެއްވާނެ ކަމަށެވެ.
"ކުޅުދުއްފުއްޓާއި މާލެ އާއި ގދ. ތިނަދޫ އާއި ފުވަމުލަކު އަދި އައްޑޫގައި ވެސް އާސީމްގެ ދަރުހެއް ބާއްވަން ވަނީ ހަމަޖެހިފައި." އޭނާ ވިދާޅުވި އެވެ.
އޭނާ މާލެ ވާޑައިގަންނަވަނީ އަންނަ ހޯމަ ދުވަހު އެވެ. އަދި އަންގާރަ ދުވަހުން ފެށިގެން ޓުއާ ފަށާނެ އެވެ. ފުރަތަމަ ދަރުސް ދިނުމަށް ހަމަޖެހިފައި ވަނީ ކުޅުދުއްފުށީގައި ކަމަށް ދަ ޓްރެވަލާ އިން ބުންޏެވެ.