މި އެއްބަސްވުމާއެކު ގްރޭޓަރމާލެ، ބ، ޅ، ކ، އއ، އދ، ވ އަދި މ އަތޮޅު ހިމެނޭގޮތަށް ސްޓެލްކޯއިން ޚިދުމަތްދޭ ރަށްތަކުގެ އަދަދު 61 ރަށަށް ފުޅާވެގެންދާނެ އެވެ.

ފެނަކަ ކޯޕަރޭޝަނުން ހިދުމަތްދޭ ބައެއް ރަށްތަކުގެ ހިދުމަތްތަކާ ސްޓެލްކޯއިން ހަވާލުވުމާއެކު، އެ ކުންފުނީގެ ހިދުމަތް 61 ރަށަކަށް ފުޅާވެއްޖެ އެވެ.
ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތައް އިތުރަށް ތަރައްޤީކޮށް ދެމެހެއްޓެނިވި އަދި ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން މިހާރު ހިދުމަތްތައް ދިނުމާއި އެ ހިދުމަތްތައް ތަރައްގީކުރުމުގެ ނިޒާމަށް ގެންނަމުންދާ ހެޔޮ ބަދަލުތަކުގެ ތެރެއިން، ބ އަތޮޅުން ފެށިގެން މ އަތޮޅުގެ ރަށްތަކުގެ ހުރިހާ ޔޫޓިލިޓީ ހިދުމަތެއް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ސްޓެލްކޯއަށް ބަދަލު ކުރަން ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.
މި ނިންމެވުމާއި ގުޅިގެން މި އަތޮޅުތަކުގެ ތެރެއިން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން މިވަގުތު ޚިދުމަތް ދެމުންދާ ބ، ޅ އަދި މ އަތޮޅުގެ ރަށްތަކަށް ޔޫޓިލިޓީ ހިދުމަތްތައް ދިނުމާއި ޙަވާލުވުމަށް މި ކުންފުނިން މިއަދު ވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއެކު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.
މި އެއްބަސްވުމުގެ ދަށުން ބ، ޅ އަދި މ އަތޮޅުގެ 25 ރަށުގެ ކަރަންޓާއި ފެން އަދި ނަރުދަމާގެ ޚިދުމަތް ދިނުމާއި ސްޓެލްކޯއިން ޙަވާލުވުމަށް ވަނީ ހަމަޖެހިފަ އެވެ. މިއާއިއެކު ގްރޭޓަރމާލެ، ބ، ޅ، ކ، އއ، އދ، ވ އަދި މ އަތޮޅު ހިމެނޭގޮތަށް ސްޓެލްކޯ އިން ޚިދުމަތްދޭ ރަށްތަކުގެ އަދަދު 61 ރަށަށް ފުޅާވެގެންދާނެ އެވެ.