ގޯތިތައް ކަނޑާފަހުރި ގޮތުން ހިތްފަސޭހަ ދިރިއުޅުން ފެނަށް

ކުރީ ސަރުކާރުން ވަނީ 9000 ގޯތި ދީފަ އެވެ. މިނިސްޓަރު މުއްތަލިބު ފްލެޓު އަޅާނެ ކުންފުނިތައް އެބަ ތިއްބެވެ. ނަމަވެސް އެންމެ ބޮޑު މައްސަލައަކީ ދައުލަތުގެ އަތުގައި ފްލެޓު އަޅަން ބިންނެތުމެވެ. ހަމައެކަނި އޮޕްޝަނަކީ ރަސްމާލެ އެވެ.

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް --

ގްރޭޓާމާލެ ސަރަހައްދުގައި ހިއްކާފަ ގޯތިތައް ދީފައި ހުރި ގޮތުން މުޅިމާލެ ސަރަހައްދަކީ މި ވަގުތު ހިތްފަސޭހަ ދިރިއުޅުމަކަށް އެކަަށީގެންވާ ތަނެއްގެ ގޮތުގައި ދެކެވަޑައިނުގަންނަވާ ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.  

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ގްރޭޓާމާލެ ސަރަހައްދުގެ ގިރާވަރުފަޅާއި ހުޅުމާލެ އަދި ގުޅީފަޅުން 9،000 ގޯތިދޫކޮށްފަ އެވެ. މި ގޯތިތަކުގައި ހިމެނެނީ ހުޅުމާލެ ފޭސް ދޭއް އަދި ތިނެއްގެ ނަމުގައި ހިއްކި ސަރަހައްދުން ކެނޑި 1,351 ގޯއްޗާއި ގުޅީފަޅުން ކެނޑި ގާތްގަނޑަކަށް 2,218 ގޯތި އަދި ގިރާވަރު ފަޅުން ކެނޑި ގާތްގަނޑަކަށް 5,432 ގޯއްޗެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަބްދުﷲ މުއްތަލިބު ވަނީ އާބަން ޑިވްލޮޕްމަންޓް ޕޮއިންޓްވިއުއަކުން މިކަމާމެދު ދެކެވަޑައިގަންނަވާ ގޮތް ވިދާޅުވެދެއްވާފަ އެވެ. މިނިސްޓަރު ފާހަގަ ކުރެއްވި ގޮތުގައި މާލޭގައި ގެދޮރުވެރިކަމަށް ބޭނުންވެރިވާ މިންވަރު ގޯސް ހާލަތެއްގައި އޮތުމުން އެކަމަށް ގެދޮރު އަޅަން ބަލާއިރު ބިންތައް ނެތް ކަމަށެވެ.

"އަޅުގަނޑުމެންނަށް އެކަށީގެންވާ ވަރަށް ސްކޫލް އަޅާނެ ބިމެއް ނެތް. އެކަށީގެންވާ ވަރަށް ޕާކު އަޅާނެ ބިމެއްނެތް. އެކަށީގެންވާ ވަރަށް އާއްމުން ނުކުމެ އުޅެވޭނެ ފްރީ ސްޕޭސްގޮތުގައި ބޭނުން ކުރާނެ ޕަބްލިކް ބޭނުންވާ ފަދަ ބިލްޑިންތައް އަޅާނެ ބިންވެސް ނެތް،" މިނިސްޓަރު ވިދާޅުވ އެވެ.

މިނިސްޓަރު މުއްތަލިބު ވިދާޅުވީ އާބަންޕޮއިންޓް އޮފް ވިއުއަކުން ބަލާނަމަ ގިރާވަރު ފަޅާއި ގުޅީވަޅު އަދި ހުޅުމާލެއަކީ ވެސް މިހާރު ވަރަށް ދަތިތަންތަނެވެ.

"އަޅުގަނޑުމެން ގިރާވަރު ޕްލޭން ކުރީއިރު ވެސް ގުޅިފަޅު ޕްލޭން ކުރާއިރު އެތަންތަނުން ދީފަ ހުރި ގޯތިތައް ދޭން އެބަޖެހޭ، އެގޯތިތައް ދީފަ ދެން ކިހާވަރެއްގެ ސްޕޭސްއެއް ތޯ މި ނެގެނީ؟ ބަލާލީމަ ވެސް އެނގޭނެ މެކްސިމަމް ސްޕޭސް ނެގޭނެ ގޮތަކަށް ބަލައިގެން، ގިރާވަރުގެ 1،100 ގޯތި ގުޅިފަޅަށް ބަދަލުކޮށްފަ ޕްލޭން ކުރީމަވެސް ގިރާވަރުގަ އެންމެ ހައުސިން ޔުނިޓެއް އަޅާނެ އެންމެ އެޕާޓްމަންޓެއް އަޅާނެ ބިމެއްވެސް ނެތް،" ހައުސިން ދާއިރާގެ ތަޖުރިބާކާރު ވިދާޅުވ އެވެ.

"ކުރިން 5،000 ގޯތި ދީފަ ހުރި ތަނަކުން 1100 ބަދަލު ކުރީ ގުޅީފަޅަށް. ދެން ގިރާވަރު ޕްލޭންކުރީމަ ވެސް ނެތް ހައުސިން ޔުނިޓެއް އަޅާނެ އެންމެ ޖާގައެއްވެސް. އެހެންވީމަ ހަގީގަތުގަ ގޯތި ދީފަ ހުރި ގޮތުން އާބަން ޕްލޭނިންގަ އެހާ ލިވިބަލް ތަނެއް ނޫން މީގެ އެއްވެސް ތަނަކީ [ގުޅީފަޅު، ހުޅުމާލެ، ގިރާވަރު ފަޅު] 

ފްލެޓު އަޅާނެ ކުންފުނިތަކާއި މާކެޓުވެސް އެބައޮތް

މިނިސްޓަރު މުއްތަލިބު ވިދާޅުވި ގޮތުގައި ފްލެޓު އަޅާނެ ކުންފުނިތައްވެސް އެބަތިބި ކަމަށާ އަދި ފްލެޓު ގަންނާނެ މާކެޓެއް އޮތްނަމަވެސް ދައުލަތުގެ އަތުގައި ފްލެޓު އަޅަން ހުރީ މަދު ބިމެކެވެ. 

"ގިނަ ބިންތައް ހުރީ ދޫކޮށްފަ. ގުޅިފަޅުގައި ވަރަށް މަސައްކަތްކޮށްގެން ކަނޑައެޅިނީ 18 ބުރިއަށް ނަގާގޮތަށް އެންމެ 4،000 ފްލެޓު [އިންޑިއަން އެލްއޯސީން މަސައްކަތް ފަށާ] ހުޅުމާލެ އިން މި ނެގުނީ ގާތްގަނޑަކަށް ޖުމުލަ 7،000 ފްލެޓު އެޅޭނެ ބިން،" މިނިސްޓަރު ވިދާޅުވި އެވެ. "ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށްހުރި ބިންތައް ބަޔަކަށް އެލޮކޭޓްކޮށްފަ ދިނީމ ހަގީގަތުގައި ސަރުކާރަށް ވަރަށް ބޮޑު ދަތިކަމެއް އެބައޮތް ރައީސްގެ ވައުދުގައި އެބުނާ ވަރަށް ފްލެޓު އަޅަން." 

މިނިސްޓަރު ވިދާޅުވީ ހުޅުމާލޭގައި ފްލެޓު އަޅަން ބިން ނުހުންނާނެ ކަމަށް އެއްގޮތަކަށްވެސް ހީނުކުރާ ކަމަށާ، އެެހެންކަމުން މިހާރު އޮތް އޮޕްޝަނަކީ ހަމައެކަނި ގިރާވަރު ފަޅެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.