ފަހުމީގެ ފުރަތަމަ ނިންމުން | ފެން ބިލްތަކުގެ ޖޫރިމަނާ މައާފު

ޖޫރިމަނާ މައާފު ކުރުމުގެ އިތުރުން ބިލްތައް ބަހާލައިގެން ދެއްކުމުގެ އިންތިޒާމު ވެސް ވަނީ އެ ކުންފުނިން ދީފަ އެވެ.

ފެން ކުންފުނީގެ އާ އެމްޑީ ހުސެއިން ފަހުމީ

ފެން ބިލްތައްކަށް ފައިސާ ދެއްކުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމުގެ ގޮތުން ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ މާފުކޮށްދޭން ފެން ކުންފުނިން ނިންމައިފި އެވެ.

އެމްޑަބްލިއުއެސްސީ އިން ނެރުނު އިއުލާނެއްގައި ބުނީ ބުނީ މި ނިންމުމާއެކު އެ ކުންފުނީގެ ޑޮމެސްޓިކް ކަސްޓަމަރުންނާއި ކޮމާޝަލް ޓެރިފް ކަސްޓަމަރުންގެ ބިލްތަކަށް މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މާފުކޮށްދޭނެ ކަމަށެވެ.
ނަމަވެސް އެގޮތަށް ޖޫރިމަނާ މާފްކޮށްދެވޭނީ ޖޫރިމަނާ ނިސްބަތްވާ ބިލްތަކަށް ދައްކަވަންޖެހޭ ޖުމްލަ ފައިސާ 01 އޭޕްރީލް 2026 އިން ފެށިގެން 31 ޑިސެމްބަރ 2026 އާއި ދެމެދު އެއްކޮށް ދައްކަވައިވާ ކަސްޓަމަރުންނަށެވެ.

ފެން ކުންފުނިން ވަނީ މީގެ އިތުރުން އެއްބަސްވުމެއްގެ ދަށުން ބިލްތަކަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކަވައި ހަލާސްކުރަން ބޭނުންވާ ކަސްޓަމަރުންނަށް އެ ފުރުސަތު ވެސް ދީފަ އެވެ. އެކަމަކު މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކަވާ ކަސްޓަމަރުންނަށް ޖޫރިމަނާ މާފްކޮށްދެވޭނީ އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކަވައި ހާލާސްކުރެއްވުމުން ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

މި ލުއި ހޯދަން ކަސްޓަމަރުން އެ ކުންފުނީގެ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުއްވުމުން ނުވަތަ 1050 އަށް އެސް.އެމް.އެސްއެއް ފޮނުއްވުމުން ނުވަތަ mail@mwsc.com.mv އަށް އީ-މެއިލްކުރެއްވުމުން މިކަމުގައި އެހީތެރިކަން ލިބޭނެކަމަށް ބުނެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.