ބުލީ ކުރުން ޖިނާއީ ކުށަކަން ހަދަން މަސައްކަތް ކުރަނީ

އިހުސާން ވިދާޅުވީ، މީހުންގެ ފުރާނައަށް ނުރައްކާވެދާ މި ފަދަ ކުށްތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ހެދުމަށްޓަކައި މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރު އިހުސާން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ފަހަކަށް އައިސް ބުލީ ކުރުމުގެ އެތައް މައްސަލައެއް ފެންތިމަތިވަމުން އަންނައިރު، އެކަން ހުއްޓުވުމަށްޓަކައި ބުލީ ކުރުމަކީ ޖިނާއީ ކުށަކަށް ހަދަން ބަންޑާރަނައިބުގެ އޮފީހާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ބުލީ ކުރުން އިތުރުވުމާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ، މީހުންގެ ފުރާނައަށް ނުރައްކާވެދާ މި ފަދަ ކުށްތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ހެދުމަށްޓަކައި މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

"ބުލީ ކުރުމާ ގުޅޭގޮތުން އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިކަން ދެނެގަތުމަށް، ހާއްސަކޮށް ޖިނާއީ ގޮތުން އެޅިދާނެ ފިޔަވަޅެއް އެބައޮތްތޯ އަޅުގަނޑުމެން މިހާރު މިދަނީ އެޓާނީ ޖެނެރަލްގެ އޮފީހާއެކު މަސައްކަތްކުރަމުން،" އޭނާ ވިދާޅުވި އެވެ.

ބުލީ ކުރުމުގެ ސަބަބުން، މިދިޔަ ހޯމަ ދުވަހުގެ ރޭ ގައުމީ ޔުނިވާސިޓީގެ މާލޭގެ ދަނާލުގައި ދިރިއުޅެމުން 18 އަހަރުގެ ޒުވާން އަންހެން ކުއްޖަކު މަރުވި މައްސަލައެއް ވަނީ ހޫނުވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.