ބޭރުން ޕްރެޝާ ކުރިޔަސް މަރުގެ ހުކުމް ތަންފީޒުކުރާނެ: އިހުސާން

ބޭރު ފަރާތްތަކުގެ ހުރި ކަންބޮޑުވުންތަކަށް މިދިޔަ ދެ އަހަރުގެ ތެރޭގައި ޖަވާބުތައް ދެމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި

ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް އިއުލާން ކުރި ދުވަހުން ފެށިގެން ބައިނަލްއަގުވާމީ އެކި ފަރާތްތަކުގެ ޕްރެޝަރު ސަރުކާރަށް އަންނަ ކަމަށާއި ނަމަވެސް އެ ސްޓޭންޑް ބަދަލު ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ މަރުގެ ހުކުމާ ގުޅޭ ގޮތުން ބޭރު ފަރާތްތަކުގެ ހުރި ކަންބޮޑުވުންތަކަށް މިދިޔަ ދެ އަހަރުގެ ތެރޭގައި ޖަވާބުތައް ދެމުން އަންނަ ކަމަށެވެ.

މަރުގެ ހުކުމަކީ ރާއްޖޭގެ ގާނޫނުތަކުން ކުރަން ޖެހޭ ކަމެއް ކަމަށާއި ކޯޓުތަކުން ކޮށްފައިވާ އަމުރުތައް ތަންފީޒު ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

"ރާއްޖޭގެ ގާނޫނުތަކުގައި ކަނޑައަޅާފައި އޮންނަ ކަންކަން ނެގެހެއްޓުމުގެ މަސައްކަތް ރައީސް ކުރައްވާނެ." އިހުސާން ވިދާޅުވި އެވެ.

މަރުގެ ހުކުމް ތަންފީޒު ކުރާ ވާހަކަ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް އިއުލާން ކުރި އެވެ. އަދި އެކަމަށް ހާއްސަ އުސޫލެއް އެކުލަވާލައި ވަސީލަތްތައް ވެސް ގާއިމް ކުރި އެވެ.

ނަމަވެސް އެ ސަރުކާރުގެ ދައުރު ހަމަވި އިރު ވެސް ހުކުމް ތަންފީޒެއް ނުކުރެ އެވެ. 

އޭގެ ފަހުން އައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެކަމާ ގުޅޭ ސިޔާސަތަކީ ތަންފީޒު ކުރުން މަޑުޖައްސާލާފައި ބޭއްވުމެވެ.

ނަމަވެސް މި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަރުގެ ހުކުމް ނެރެ ހުރިހާ މަރުހަލާއެއް ނިމިފައިވާ ފަރާތްތަކަށް ހުކުމް ތަންފީޒު ކުރުމުގެ ކަންކަން މި ސަރުކާރުން ކުރާނެ ކަމަށެވެ. އަދި ކުރިން ހަދާފައި އޮތް އުސޫލުގެ ބަދަލުގައި އެކަމާ ގުޅޭ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން ކަމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.