ފުލުހުންނާއި ދަނާލުގައި މަރުވި ކުއްޖާގެ މެސެޖުތައް | 5 ގަޑިއިރު ފަހުން ސީނަށް

އޭނާ މީގެ ކުރިން ވެސް އެކި ފަހަރުގެ މަތިން ފުލުހުންގެ ވިކްޓިމް ސަޕޯޓާ މުއާމަލާތް ކުރަމުން އަންނަ ފަރާތެއް ކަމަށާއި އޭނާ ގޮވައިގެން އެއް ފަހަރު ހޮސްޕިޓަލަށް ގޮސްފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ.

ފުލުހުންގެ ވެހިކަލެއް --

ގައުމީ ޔުނިވާސިޓީގެ ދަނާލްގައި މަރުވެފައި އޮއްވާ ފެނުނު ކުއްޖާ ފުލުހުންނަށް ފުރަތަމަ ކުރި މެސެޖަށް ފަހު އެތަނަށް ދިޔުމަށް ފަސް ގަޑިއިރު ހޭދަވެފައިވާ ކަން ހާމަ ކޮށްފި އެވެ. 

ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ގައުމީ ޔުނިވާސިޓީގެ މާލޭގެ ދަނާލުގައި ދިރިއުޅެމުން 18 އަހަރުގެ ޒުވާން އަންހެން ކުއްޖަކު މަރުވުމުގެ ކުރިން އޭނާ އާއި ފުލުހުން ދެމެދު ކުރެވުނު މުއާމަލާތްތަކުގެ ތަފްސީލް ހާމަ ކުރައްވައިފަ އެވެ.

އެގޮތުން އޭނާ މީގެ ކުރިން ވެސް އެކި ފަހަރުގެ މަތިން ފުލުހުންގެ ވިކްޓިމް ސަޕޯޓާ މުއާމަލާތް ކުރަމުން އަންނަ ފަރާތެއް ކަމަށާއި އޭނާ ގޮވައިގެން އެއް ފަހަރު ހޮސްޕިޓަލަށް ގޮސްފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ.

ހަމަ އެގޮތަށް އެ ރޭ ވެސް ކުއްލިއަކަށް އެ ކުއްޖާ އަމިއްލަ އަށް މަރުވުމަށް ބޭނުންވެގެން ފުލުހުންނަށް މެސެޖެއް ކުރި ކަމަށް އިހުސާން ވިދާޅުވި އެވެ. 

އެ ކުއްޖާ އެ ރޭ ކުރި އެންމެ ފުރަތަމަ މެސެޖު ކުރި ހިސާބުން ފެށިގެން ފުލުހުން އެތަނަށް ފޮނުވުމާ ދޭތެރޭ ފަސް ގަޑި އިރު ހިނގި ކަން އެ ޓައިމްލައިން އިން އެނގެ އެވެ. 

ޓައިމްލައިން

8:40 - ވިކްޓިމް: I am so close to give up

8:49 - ޕޮލިސް: Hi. Would you like to share with us

8:50 - ވިކްޓިމް: I just cant control my thoughts

8:53 - Please d'ont call anyone. I'm okay. I'm going to be okay I have been okay

8:56 ވިކްޓިމް: I'm going for a walk

12:38 ވިކްޓިމް: I'm gone

12:42 ޕޮލިސް: What do you mean by that. How can I help you. Would you like to go to hospital or talk to me

ހަބަރު ހުސްވި ފަހުން ކުއްޖާ ހޯދަން ގަޑިއިރެއް!

އިހުސާން ވިދާޅުވީ އޭގެ ފަހުން ފުލުހުންގެ އެކި ނަމްބަރުތަކާއި 911 ކޯލް ސެންޓަރަށް އޭނާ ގުޅަން މަސައްކަތް ކުރި ކަމަށް ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ބުނަމުންދާ ކަމަށާއި އެއީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް ކަށަވަރު ކުރެވިފައިވޭ ފުލުހުންގެ 911 އަދި އެފްސީޕީޑީ އަށް އެއްވެސް ނަމްބަރަކަށް ގުޅާފައި ނުވާ ކަން." މިނިސްޓަރު ވިދާޅުވި އެވެ.

އިހުސާން ވިދާޅުވި ގޮތުގައި 12:42 ގެ މެސެޖަށް އެއްވެސް ޖަވާބެއް އޭނާ ނުދެ އެވެ. އޭގެ 15 މިނެޓު ފަހުން އޭނާގެ ވައިބާ ނަމްބަރު އޮފްލައިންވި އެވެ.

އެހެންވެ އޭގެ ފަހުން އޭނާގެ ބޭބެ އަށް ގުޅައި އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު އެރުވި ކަމަށާއި އެތަނަށް އާއިލާގެ ފަރާތުން ވެސް އެހީތެރިވުމަށް އެދިފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ.

"އެ ގަޑީގައި އަޅުގަނޑުމެންނަށް ލިބުނު މައުލޫމާތަކީ 12:36 ގައި އެ ފަރާތުގެ ބޭބެ އަށް ވެސް މެސެޖެއް ކޮށްފައިވާ ކަމަށް. 'އައިއެމް ނޮޓް ބޮދާޑް' މިގޮތަށް. އެއީ އެ ފަރާތާ ބޭބެ އާ ދެމެދު ހިނގި އެންމެ ފަހުގެ ކޮންވަޒޭޝަން." މިނިސްޓަރު ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ވިކްޓިމް ސަޕޯޓަރުން ފުލުހުންގެ ކޮމާންޑު ސެންޓަރަށް ގުޅައި ފުލުހުން އެތަނަށް ފޮނުވައިދިނުމަށް އެދިފައި ވަނީ އެ ރޭ 1:02 ގައި ކަމަށެވެ. އަދި 1:08 ހާއިރު ފުލުހުން ދަނާލަށް ވަތް ކަމަށާއި ސީދާ އޭނާ ދިރިއުޅޭ ކޮޓަރި ހޯދުނީ 1:32 ގައި ކަމަށް އަހުސާން ވިދާޅުވި އެވެ.

"ކޮޓަރީގެ ބޮކިތައް ނިއްވާފައި ހުރުމުން ފެންލައިޓް ތްރޫކޮށް ބެލިއިރު މި ހާދިސާ ހިނގާފައިވާ ތަން ފެނުނު. އެ ހިސާބުން ފެން ލައިޓުގެ ޒަރިއްޔާ އިން ފުލުހުން ސީނަށް ވަދެފައި ވަނީ." އިހުސާން ވިދާޅުވި އެވެ.

އެ މައްސަލާގައި ފުލުހުން އަމަލު ކުރީ ރަނގަޅަށްތޯ ބެލުމުގެ އެތެރޭގެ ތަހުގީގުގެ އިތުރުން އެހެން މުއައްސަސާތަކުން ވެސް އެކަން ބަލަމުންދާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.