ރަޖިސްޓްރީ ނުކޮށް މެޑިކަލް ކޮލެޖަކަށް ދަރިވަރުން ނަގަން އިޝްތިހާރުކުރާ މައްސަލައެއް

މިނިސްޓްރީން ބުނީ އެ ކޮލެޖުން ދަރިވަރުން ނަގަން އިޝްތިހާރުކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެތަނަކީ ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ދަށުން އެ މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ މަރިކަޒެއް ނޫން ކަމަށެވެ.

އެސްއޭއެސް ކޮލެޖުގެ ވެބްސައިޓުގައިވާ ފޮޓޯއެއް --

"އެސްއޭއެސް މެޑިކަލް ކޮލެޖް މޯލްޑިވްސް" ގެ ނަމުގައި ރަޖިސްޓްރީ ނުކޮށް ރާއްޖޭގައި ހިންގާ މެޑިކަލް ކޮލެޖަކާމެދު ސަމާލުވުމަށް އެޑިއުކޭޝަން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ކޮލެޖުން ދަރިވަރުން ނަގަން އިޝްތިހާރުކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެތަނަކީ ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ދަށުން އެ މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ މަރިކަޒެއް ނޫން ކަމަށެވެ.

މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ 62 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ކޮލެޖެއްގެ ހައިސިއްޔަތު ލިބިގެން ނޫނީ ރާއްޖޭގައި ކޮލެޖެއްގެ ނަމުގައި ތައުލީމު ދޭ މަރުކަޒެއް ހިންގުމަކީ ކުށެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

އަދި އެ ގާނޫނުގެ 64 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން އެ ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ މަތީ ތައުލީމު ދޭ މަރުކަޒަކުން މެނުވީ ޔުނިވާސިޓީއެއް ކަމަށް ނުވަތަ ކޮލެޖެއް ކަމަށް ނުވަތަ އިންސްޓިޓިއުޓެއް ކަމަށް އެއްވެސް ފަރާތަކުން އިޝްތިހާރުކުރުމަކީ ވެސް ކުށެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

"އާންމުންނަށް އޮޅުންއަރާ ފަދަ ގޮތަކަށް މި ދެންނެވި "އެސްއޭއެސް މެޑިކަލް ކޮލެޖް މޯލްޑިވްސް" ގެ ފަރާތުން އިޝްތިހާރުކުރަމުންދާތީ، މިކަން ދަރިވަރުންނާއި އާންމުންގެ ސަމާލުކަމަށް ގެނެސް އާންމުކޮށް އެންގުމަށްޓަކައި އިއުލާނު ކުރީމެވެ." މިނިސްޓްރީން ބުނެފައިވެ އެވެ.

އެ ނަމުގައި ހަދާފައިވާ ވެބްސައިޓުގައި، ފަސޭހަކަމާއެކު ޑޮކްޓަރީ ކޯސްތައް ހެދޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. އެގޮތުން ފަސް އަހަރާއި ތިން އަހަރުން ކިޔަވާ ނިންމާލެވޭނެ ކަމަށް އިޝްތިހާރުކޮށްފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.