ލިޓަން މަރާލިކަން ސާބިތުވެ، އޭނާ 25 އަހަރަށް ޖަލަށްލާން މިއަދު ވަނީ ހުކުމްކޮށްފަ އެވެ. އަދި ވައްކަމުގެ ކުށުގައި އެއް އަހަރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ.

މީގެ ހަތަރު އަހަރު ކުރިން ތެޔޮ ބޯޓަކުން ގެއްލުނު ބަންގްލަދޭޝް ރައްޔިތެއް ކަމުގައިވާ މޮހައްމަދު ލިޓަން މޫދަށް ވައްޓާލާ މަރާލި ކަމުގެ ތުހުމަތު އޮތް އޭނާއާއެކު އެ ބޯޓުގައި ދެން ދަތުރުކުރި ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމުގެ މައްޗަށް ކުށް ސާބިތުވެ، އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ވިލިމާލެއިން ލިޓަން އާއި ނިޒާމް ފުރައިގެން ދަތުރުކުރި ތެޔޮ ބޯޓެއް ގެއްލުނީ ޑިސެމްބަރު 28، 2022 ގަ އެވެ. އޭގެ ފަހުން އެ ތެޔޮ ބޯޓް ހުޅުލޭ އެއާޕޯޓުގެ ނެރު ކައިރިން އޮޔާ ދަނިކޮށް އޭގެ އަނެއް ދުވަހު ވަނީ ފެނިފަ އެވެ.
އޭގެ ފަހުން ނިޒާމް މާލެތެރޭގައި އުޅެމުންދަނިކޮށް އޭނާގެ ފޮޓޯއެއް އާންމު މީހަކު ސޯޝަލް މީޑިއާގައި ޕޯސްޓް ކުރި އެވެ. އޭރު ވެސް ފުލުހުން ދިޔައީ އެމީހުން ހޯދަމުންނެވެ. ފަހުން ފުލުހުން ނިޒާމް ހައްޔަރުކުރުމަށްފަހު ބަންދަށްލީ ލިޓަންގެ މަރުގެ ތުހުމަތުގަ އެވެ.
އެމީހުން ދަތުރު ކުރި ދޯނިން 51،000ރ. ވަގަށް ނެގި ކަމުގެ ތުހުމަތު ވެސް ނިޒާމްގެ މައްޗަށް ވަނީ ކޮށްފަ އެވެ.
މި މައްސަލައިގައި ލިޓަން މަރާލި ކަމުގެ ތުހުމަތުގައި ނިޒާމްގެ މައްޗަށް އެނގި ހުރެ މީހަކު މަރާލުމުގެ ދައުވާ ވަނީ އުފުލައިފަ އެވެ. އަދި، ވައްކަމުގެ ދައުވާ އަކާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާއެއް ވެސް ހުށަހަޅާފަ އެވެ.
ލިޓަން މަރާލިކަން ސާބިތުވެ، އޭނާ 25 އަހަރަށް ޖަލަށްލާން މިއަދު ވަނީ ހުކުމްކޮށްފަ އެވެ. އަދި ވައްކަމުގެ ކުށުގައި އެއް އަހަރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ.