ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑުން މިއަދު ވަނީ އެމްޕީއެލްގެ އެމްޑީ، ސީއީއޯ އަދި ބޯޑު މެންބަރުގެ މަގާމަށް ހުސެއިން ޝަފީގު އައްޔަނު ކޮށްފައިވާކަން އިއުލާނު ކޮށްފަ އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހުސެއިން ޝަފީގު އައްޔަނުކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑުން މިއަދު ވަނީ އެމްޕީއެލްގެ އެމްޑީ، ސީއީއޯ އަދި ބޯޑު މެންބަރުގެ މަގާމަށް ހުސެއިން ޝަފީގު އައްޔަނު ކޮށްފައިވާކަން އިއުލާނު ކޮށްފަ އެވެ.
އެމްޕީއެލްގެ އެމްޑީގެ މަގާމު ހުސްވީ، އެމަގާމުގައި ހުންނެވި ޑީސީޕީ (ރިޓަޔާޑް) މުހައްމަދު ރިޝްވާން އިސްތިއުފާ ދެއްވުމުންނެވެ.
ސަރުކާރު ހިންގުމަށް ގެނައި ބަދަލުތަކާއެކު ރިޝްވާންގެ އިތުރުން އެހެން ކުންފުނިތަކުގެ ބައެއް އެމްޑީން ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.