"ޕޭ ފްރޭމްވޯކުގައި ހުރި މައްސަލަތައް ހައްލުކުރަން ދަނީ މަސައްކަތް ކުރަމުން"

ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން ސިވިލް ސާވިސް އާއި ޝަރުއީ ދާއިރާގެ މުވައްޒަފުން ޕޭ ފްރޭމްވޯކަށް ހިޖުރަކޮށްފައިވަނީ ނޮވެމްބަރު 01، 2025 ގައެވެ.

ދައުލަތުގެ އެންމެ ގިނަ އޮފީސްތައް ހިންގާ ވެލާނާގެ -- ފޮޓޯ: ސޯޝަލް މީޑިއާ

ދައުލަތުގެ މުސާރަތައް އެއްހަމަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން، ޕޭ ފްރޭމްވޯކަށް މިހާތަނަށް ހިޖުރަކޮށްފައިވާ މުއައްސަސާތަކުން ދެނެގަނެވިފައިވާ ގޮންޖެހުންތަކާއި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ޕޭ ކޮމިޝަނުން ބުނެފި އެވެ.

ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން ސިވިލް ސާވިސް އާއި ޝަރުއީ ދާއިރާގެ މުވައްޒަފުން ޕޭ ފްރޭމްވޯކަށް ހިޖުރަކޮށްފައިވަނީ ނޮވެމްބަރު 01، 2025 ގައެވެ. އޭގެ ފަހުން ދައުލަތުގެ އިތުރު ހަ މުއައްސަސާއެއް މި އޮނިގަނޑަށް ބަދަލުކޮށް ނިމުމާ އެކު، މިހާރު ޖުމްލަ 93 އިންސައްތަ މުއައްސަސާ ވަނީ މި ފްރޭމްވޯކާ ގުޅިފަ އެވެ.

ޕޭ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، މިހާރު ޕޭ ފްރޭމްވޯކަށް ހިޖުރަކޮށްފައިވާ އިދާރާތަކުގައި ހުރި ކަންބޮޑުވުންތަކާއި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ. އެގޮތުން، ޕޭ ކޮމިޝަނަށް ލިބިފައިވާ މައްސަލަތައް ބަލައި އެކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށް، އެކަންތައްތަކަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.

މިއާއިއެކު، ބާކީ ހުރި މުއައްސަސާތައް ޕޭ ފްރޭމްވޯކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތަނުގައި ނިމޭނެ ކަމަށާއި، އެގޮތުން، ބާކީ ހުރި މުއައްސަސާތައް މި އޮނިގަނޑަށް ބަދަލުކުރުމަށްޓަކައި ވާންޖެހޭ ފަންނީ ތައްޔާރީތައް މިހާރު ކުރިއަށް ދާ ކަމަށް އެކޮމިޝަނުން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.