އީރާނާ ދެކޮޅު އޮޕަރޭޝަނެއްގައި އިސްރާއިލްގެ އިސް އެޖެންޓެއް މަރާލައިފި

މި އެޖެންޓަކީ އެ ގައުމުގެ ޖާސޫސީ އިދާރާގައި 30 އަހަރު ހިދުމަތްކޮށްފައިވާ ތަޖުރިބާކާރެކެވެ. ބައެއް މީޑިއާތައް ބުނާ ގޮތުގައި އޭނާ ފުރާނަ ދުއްވާލީ އީރާނުންނެވެ. މިކަން ހިނގީ އިޓަލީގަ އެވެ.

އިސްރާއީލުގެ ޖާސޫސީ އިދާރާ، މޮސާޑްގެ އިސް އޭޖެންޓަކު އީރާނާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި މަރުވެފައިވާކަން އެ އިދާރާގެ ޑިރެކްޓަރު ޑޭވިޑް ބާނިއާ ރަސްމީކޮށް އިއުލާންކޮށްފި އެވެ. 

ކަން ހާމަކުރައްވަމުން ބާނިއާ ވިދާޅުވީ 'އެމް' ގެ ނަމުން ނަންދީފައިވާ މި އޭޖެންޓަކީ އީރާނާ ދެކޮޅަށް އިސްރާއީލުން ކުރިއަށްގެންދާ ކެމްޕޭނުގައި ވަރަށް މުހިންމު ދައުރެއް އަދާކުރި ފަރާތެއް ކަމަށެވެ. އަދި އޭނާގެ މަސައްކަތްތަކުގައި ބޭނުންކުރި އުފެއްދުންތެރި ހިޔާލުތަކާއި ޓެކްނޮލޮޖީގެ ސަބަބުން، އީރާނާ ދެކޮޅަށް ހޯދި ކާމިޔާބީތަކަށް ބޮޑު ބާރެއް ލިބިގެންދިޔަ ކަމަށްވެސް ބާނިއާ ފާހަގަކުރެއްވިއެވެ. 

މި އޭޖެންޓު މަރުވީ އިސްރާއީލުން ބޭރުގައި ކަމަށް ބާނިއާ ވިދާޅުވި ނަމަވެސް، އޭނާ މަރުވި ވަގުތާއި ތަނުގެ ތަފްސީލެއް ރަސްމީކޮށް ހާމައެއް ނުކުރެއެވެ. ނަމަވެސް އެ ގައުމުގެ ބައެއް މީޑިއާތައް ބުނާ ގޮތުގައި މި އެޖެންޓު މަރާލީ އީރާނުންނެވެ. އަދި އެހެން މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އޭޖެންޓު މަރުވީ 2023 ވަނަ އަހަރު އިޓަލީގައެވެ. އޭނާ މަރުވީ އިޓަލީގެ ޖާސޫސީ އިދާރާއާ ގުޅިގެން، އީރާނުން "ޒަމާނީ ހަތިޔާރު" ހޯދުން ހުއްޓުވުމަށް ހިންގި އޮޕަރޭޝަނެއްގެ ތެރޭގައެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން އޭނާ މަރުވީ އިޓަލީގެ މިލާންގެ އުތުރުގައި އޮންނަ "ލޭކް މަގިއޯރޭ" ގައި ދަތުރުކުރި ބޯޓެއްގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.