މި ހާދިސާގައި ނިޔާވެފައި ވަނީ އަމާން / ލ.ހިތަދޫ، އަހުމަދު ހަމްޒާން (21އ) އެވެ.
މި ހާދިސާގައި ނިޔާވެފައި ވަނީ އަމާން / ލ.ހިތަދޫ، އަހުމަދު ހަމްޒާން (21އ) އެވެ.
ފުލުހުން ބުނީ ހިތަދޫގައި މަސްހުފަން މޫދަށް އެރި އުޅުނު މީހަކު ގެނބިގެން އުޅޭކަމުގެ މައުލޫމާތު މިއަދު މެންދުރުފަހު 3:30 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި ހަމްޒާން އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ހާދިސާ ހިނގަން މެދުވެރިގޮތް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.