ޝަރީފު ވިދާޅުވީ ބޭންކް އިން މަސައްކަތް ކުރަމުން މިދަނީ އެއްވެސް އެކްސްޓާނަލް ބްރޯވިންއަކާ ނުލަ އެވެ. އަދި ކޮވިޑުގެ ހާލަތާ ގުޅިގެން ބޭންކްއިން އައިބީއިން ނެގި ލޯނުވެސް އަނބުރާ ދައްކާފަ އެވެ.

ގައުމީ ބޭންކުގެ އޮތީ ވަރުގަދަކޮށް، މިވަގުތު ވެސް ހިންގަމުން ދަނީ ބޭރުން ފައިސާ ހޯދުމަކާ ނުލައި އަމިއްލައަށް ކަމަށް ސީއީއޯ / އެމްޑީ މުހައްމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.
ބީއެމްއެލް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަނގުރާމައިގެ ސަބަބުން ބޭންކުގެ ވިޔަފާރިއަށް ކުރާނެ އަސަރުތަކާ ބެހޭ ގޮތުން ދަ މިރާއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސީއީއޯ ޝަރީފު ވިދާޅުވީ ކޮވިޑުގެ ހާލަތާ މިހާރުގެ ހަނގުރާމައިގެ ހާލަތު ތަފާތު ކަަމަށާ، ނަމަވެސް ކުރިމަގަށް އަންނަނާނެ ބަދަލުތަކާމެދު ބޭންކުން ސަމާލުވެ އޮތް ކަމަށެވެ. އަދި މި ވަގުތު ޓޫރިޒަމް ސިނާއަތާއި ވިޔަފާރިތަކުން ވެސް ބޭނުންވަނީ ވޯކިން ކެޕިޓަލްގެ އެހީތެރިކަން ކަމަށާ އެކަން ބޭންކުން ކޮށްދެމުން ގެންދާ ކަމަށެވެ. އެ މަސައްކަތުގެ ދަށުން އިއްޔެވެސް އިތުރު ފައިނޭންސިން ފެސިލިޓީތަކެއް ބޭނުންކުގެ ބޯޑުން އެޕްރޫވްކޮށްފައިވާކަން ސީއީއޯ ފާހަގަ ކުރެއްވި އެވެ.
ބޭންކުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ޝަރީފު ވިދާޅުވީ ބޭންކް އިން މަސައްކަތް ކުރަމުން މިދަނީ އެއްވެސް އެކްސްޓާނަލް ބްރޯވިންއަކާ ނުލަ އެވެ. އަދި ކޮވިޑުގެ ހާލަތާ ގުޅިގެން ބޭންކްއިން އައިބީއިން ނެގި ލޯނުވެސް އަނބުރާ ދައްކާފައިވާ ކަމަށް ޝަރީފު ވިދާޅުވި އެވެ.
"ކޮވިޑުުގައި ހުރިހާ ވިޔަފާރިތައް ހުއްޓުނު. މިފަހަރު ހަނގުރާމަ ފެއްޓުނުއިރު ކެންސަލޭޝަންތަކެއް ހުރި، ނަަމަވެސް މިހާރު އެކަން ވެސް ކޮންމެ ވެސް ވަރަކަށް ކުޑަވެއްޖެ. ރިސޯޓްތައް އޮޕަރޭޓް ކުރޭ. ދިމާވާ މައްސަލައަކީ ތެލުގެ ސަބަބުން ހަރަދު ބޮޑުވުން. ބޭނުންވަނީ ވޯކިން ކެޕިޓަލް. ބޭންކް މިއޮތީ އެ ހާލަތުގައި އެހީވެވޭ ގޮތަށް،" ޝަރީފު ވިދާޅުވި އެވެ.
ސީއީއޯ ޝަރީފު ވިދާޅުވީ ޓޫރިޒަމް ދަށްވުމުގެ ސަބަބުން އަސަރު ކުރާނެ ކަމަށާ މިގޮތުން އަންނަ ޓޫރިސްޓުންގެ އަދަދު މަދުވުމުގެ ސަބަބުން ކާޑުތަކުން ރާއްޖެ އަށް ވަންނަ ފައިސާގެ އަދަދު މަދުވެ އެވެ.
"މީހުން މަދުވުމުން [ޑޮލަރު[ އެތެރެވާ މިންވަރު މަދުވޭ. ތަކެތީގެ އަގު ބޮޑުވާނަމަ [ތެލަށް ކުރާ ހޭދަ[ އިތުރުވެ ބޭރުވާ ޑޮލަރު އިތުރުވޭ. އިންފްލޯ އާއި އައުޓް ފްލޯ މި އޮންނާނީ. އެހެންވެ ވަރަށް ބޮޑަށް ހަނގުރާމަ ދެމިގެންދާނަމަ ތާއްޓެއް އަތުވެދާނެ. ނަމަވެސް މިވަގުތު ބޭންކް މިއޮތީ ވަރުގަދަކޮށް. އަޅުގަނޑުމެން މި އަންނަނީ ލިއުއެޑިޓީ މެނޭޖު ކުރަނުން،" ޝަރީފު ވިދާޅުވި އެވެ.
ސީއީއޯ ވިދާޅުވި ގޮތުގައި ފޮރިން ކަރަންސީ ވިއްކުމުގައި މައްސަލަ ދިމާވުމަކީ އަބަދުވެސް ބޭންކްއަށް އޮންނަ މައްސަލައެއް ކަމަށާ އެ މައްސަލަ އަބަދުވެސް އޮންނަ ކަމަށެވެ.
"2020 ވަނަ އަހަރު ދަށްވި. އެހެންނޫންނަމަ ޑޮލަރު ވިއްކާނަން. ބޭންކްއަށް ޑޮލަރު ވަނުމަކީ ރުފިޔާއަށް ޑޮލަރު ވިއްކާ ގަތުމުގެ ވާހަކަ،" ޝަރީފު ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ ބޭންކްއާމެދު ތަފާތު "ދޮގު" ވާހަކަތައް އައުމަކީ އެންމެ ބޮޑު ހިތްހަމަ ނުޖެހުން ކަމަށާ، ބޭންކް އިން ކޮންމެ ދުވަހަކު މަރުކަޒީ ބޭންކްއަށް ހިސާބުތައް ދައްކައި ގެންނެވެ.
ބީއެމްއެލްގެ ހިސާބުތައް ދައްކާ ގޮތުން ބޭންކުގެ ޖުމްލަ ޑޮޕިސްޓު ވަނީ 40.7 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. އަދި މީގެ 50 ޕަސެންޓަކީ ޑޮލަރުގެ ޑިޕޮސިޓެވެ. އަދި 2024 ވަނަ އަހަރު 333.5 މިލިއަން ޑޮލަރު ވިއްކިއިރު، 2025 ވަނަ އަހަރު ވަނީ 565.5 މިލިއަން ޑޮލަރު ވިއްކާފަ އެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކަނި މި އަދަދު ވަނީ 226 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޑޮލަރުގެ ޓީޓީތަކަށް 106.2 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ. އަދި 2025 ވަނަ އަހަރު އެވްރެޖުކޮށް މަހަކު 14 މިލިއަން ޑޮލަރު ވިއްކިނަމަވެސް މި އަހަރު މަހަކު ވިއްކާ ޑޮލަރުގެ ނިސްބަތް ވަނީ 35.4 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. މިދިޔަ އަހަރު 7200 ޓީޓީއަށް ޖުމްލަ 27 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ.
ނަމަވެސް މިއަހަރުގެ މި މަހުގެ މިދިޔަ ދެ ހަފުތާގައި އެކަނި 615 ޓީޓީއަށް ދެ މިލިއަން ޑޮލަރު ވަނީ ވިއްކާފަ އެވެ. މި އަހަރު ޑެބިޓް އަދި ކްރެޑިޓް ކާޑުތަކަށް 119 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ. މިދިޔަ އަހަރު މަހަކު ކާޑުގެ މުއާމަލާތްތަކަށް ވިއްކާފައިވަނީ 32.5 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ. ނަމަވެސް މި އަހަރު މި އަދަދު ވަނީ މަހެއްގެ މައްޗަށް ކާޑުގެ މުއާމަލާތްތަކަށް ހަރަދުވާ ޑޮލަރުގެ ނިސްބަތް 40 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. ބޭންކުގައި ޑޮލަރުގެ ހާލަތު އެންމެ ދަށަށް ދިޔައީ ކޮވިޑުގެ ދުވަސްވަރު އެވެ.