އެމްއެމްއޭ ރިސާޗް ކޮންފަރެންސް | ދިރާސާ ކަރުދާސް ހުށަހެޅުމުގެ ފުރުސަތު

މި ކޮންފަރެންސްގައި ކަރުދާސް ހުށަހެޅުމުގެ ފުރުސަތު ދިރާސާވެރިންނަށާއި، މަރުކަޒީ ބޭންކުތަކުގެ މުވައްޒަފުންނަށާއި، ދަރިވަރުންގެ އިތުރުން އަމިއްލަ ޖަމިއްޔާތަކަށް ވެސް ވަނީ ހުޅުވާލާފައެވެ.

އެމްއެމްއޭއިން މިދިޔަ އަހަރު ބޭއްވި ރިސާޗް ކޮންފަރެންސް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބާއްވާ ތިންވަނަ އަހަރީ ދިރާސާ މަހާސިންތާ، "އެމްއެމްއޭ ރިސާޗް ކޮންފަރެންސް 2026" އަށް ދިރާސާ ކަރުދާސް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މަރުކަޒީ ބޭންކުން ބާއްވާ މި އަހަރުގެ ރިސާޗް ކޮންފަރެންސް އޮންނާނީ އިގްތިސާދީ އަދި ދުނިޔޭގެ ބަދަލުތަކާއެކު ދެމެހެއްޓެނިވި ތަރައްގީއަށްޓަކައި މެކްރޯއިކޮނޮމިކް އަދި މާލީ ހަމަޖެހުން މި ތީމްގެ ދަށުންނެވެ. 

ދިރާސާ ކުރެވިދާނެ ދާއިރާތައް

  •  މަނިޓަރީ ޕޮލިސީ އަދި ތަކެތީގެ އަގު ހިފެހެއްޓުން.
  •  މާލީ ދާއިރާގެ ހަމަޖެހުމާއި ރެގިއުލޭޝަން.
  •  އިސްލާމިކް ފައިނޭންސް އަދި ފައިނޭންޝަލް އިންކްލޫޝަން.
  •  ޑިޖިޓަލް ފައިނޭންސް އަދި ޕޭމަންޓް ސިސްޓަމްތައް.
  •  މޫސުމީ ބަދަލުތަކާ ގުޅޭ މާލީ ނުރައްކާތައް.
  •  ދައުލަތުގެ ފިސްކަލް ދެމެހެއްޓެނިވިކަން، ބޯހިޔާވަހިކަން އަދި ސިއްހީ އިގްތިސާދު.

ކޮންފަރެންސުގެ މަގުސަދު - އިގްތިސާދީ މާހިރުންނާއި، ދިރާސާވެރިން އަދި ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ މެދުގައި މަޝްވަރާކޮށް، އާ ދިރާސާތައް ހިއްސާކުރުމާއި ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސައިންޓިފިކް ދިރާސާތަކުގެ އެހީތެރިކަން ހޯދުން އަދި ދެމެހެއްޓެނިވި އަދި ވިލުންތެރި އިގްތިސާދެއް ބިނާކުރުމަށް ބޭނުންވާ އިލްމީ މަސައްކަތްތަކަށް މަގުފަހިކޮށްދިނުމެވެ. ހުށަހަޅާ ހަރުދާސްތައް ހުންނަންވާނީ އިނގިރޭސި ބަހުންނެވެ. 

މި ކޮންފަރެންސްގައި ކަރުދާސް ހުށަހެޅުމުގެ ފުރުސަތު ދިރާސާވެރިންނަށާއި، މަރުކަޒީ ބޭންކުތަކުގެ މުވައްޒަފުންނަށާއި، ދަރިވަރުންގެ އިތުރުން އަމިއްލަ ޖަމިއްޔާތަކަށް ވެސް ވަނީ ހުޅުވާލާފައެވެ. ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 20 ވަނަ ދުވަހެވެ. އަދި 
ހޮވޭ ހުށަހެޅުންތައް އިއުލާން ކުރާނީ ޖޫން ތިންވަނަ ދުވަހު އެވެ. އަދި ފުރިހަމަ ކަރުދާސް ހުށަހަޅާނީ ސެޕްޓެމްބަރު ތިންވަނަ ދުވަހު އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.