241 އާއި މާލިއްޔަތު ކޮމިޓީން ނާޒިމް ބޭރުކޮށްފި

އެ ބަދަލު ގެނެސްފައި ވަނީ އިއްޔެ އެވެ. އާންމު އުސޫލުން ކޮމިޓީތަކަށް އައި ބަދަލު ރިޔާސަތުން އިއުލާން ކުރަން ޖެހޭ ނަމަވެސް މިއަދު ޖަލްސާ ފަށައިގެން ނިންމާލި އިރު ވެސް ރިޔާސަތުގައި އިންނެވި ނާޒިމް އެކަން އިއުލާނެއް ނުކުރައްވަ އެވެ.

މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް--ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީން ބަދަލު ކޮށްފި އެވެ.

މަޖިލީހުގެ 241 ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީއަކީ އެންމެ ބޮޑެތި މަސައްކަތްތައް ހިންގައި އަދި އާންމު ގޮތެއްގައި ޕާޓީގެ ސީނިއާ މެންބަރުން ތިއްބަވާ ކޮމިޓީތަކެވެ. 

ނަމަވެސް މަޖިލީހުގެ ވެބްސައިޓުން މިހާރު ފެންނަ ގޮތުގައި އޭނާ ވަނީ އެ ދެ ކޮމިޓީން ބޭރު ކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި އެ ބަދަލު ގެނެސްފައި ވަނީ އިއްޔެ އެވެ. އާންމު އުސޫލުން ކޮމިޓީތަކަށް އައި ބަދަލު ރިޔާސަތުން އިއުލާން ކުރަން ޖެހޭ ނަމަވެސް މިއަދު ޖަލްސާ ފަށައިގެން ނިންމާލި އިރު ވެސް ރިޔާސަތުގައި އިންނެވި ނާޒިމް އެކަން އިއުލާނެއް ނުކުރައްވަ އެވެ.

ދެ ކޮމިޓީން ވަކި ކުރުމަށް ފަހު ނާޒިމް ދެން މަސައްކަތް ކުރާނީ އެންވާރަމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީ އާއި އެސްއޯއީ ކޮމިޓީގަ އެވެ.

ނާޒިމް އަކީ މަޖިލީހުގެ ސީނިއާ ބޭފުޅެއްގެ އިތުރުން އިންތިހާބުގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ވެސް ވަރަށް ކައިރިން މަސައްކަތް ކުރެއްވި މެންބަރެކެވެ.

ނަމަވެސް އިންތިހާބުގެ ނަތީޖާ އަށް ފަހު ރައީސް އަންނަނީ ސަރުކާރުގެ އިތުރުން ޕީއެންސީގެ ތެރެއަށް ވެސް ބޮޑެތި ބަދަލުތައް ގެންނަވަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.