ބީއެމްއެލްއިން ލޯނު ދޭ އުމުރު މަތިކޮށް، ޑޮލަރުން ދައްކާ ލޯނުގެ އިންޓްރެސްޓް ކުޑަކޮށްފި

ބީއެމްއެލްއިން ވަނީ ލޯނު / ފައިނޭންސް ދޫކުރާ އުމުރު 60 އިން 70 އަށް މަތިކޮށްފަ އެވެ. އަދި ޓޫރިޒަމް ސެކްޓަރުގައި މަސައްކަތް ކުރާ ފަރާތްތަކުން ޑޮލަރުން ލޯނަށް ޕޭކުރާނަމަ ލޯނު ލިބޭނެ ރޭޓާއި އިކުއިޓީވެސް ކުޑަކޮށްފަ އެވެ.

ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފު ވާހަކަ ދައްކަވަނީ -- ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް އިން ފައިނޭންސިން އާއި ލޯނު ދޫކުރާ އުމުރު 70 އަށް މަތިކޮށް، ޑޮލަރުން ދައްކާ ލޯނުގެ އިންޓްރެސްޓް ރޭޓް ކުޑަކޮށްފި އެވެ. 

ބޭންކުގެ ތާރީހުގައި ގެނެސްފައިވާ މި ބަދަލާ ބެހޭ ގޮތުން ބޭންކް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީއީއޯ / މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވިީ ލޯނު ދެވޭ އުމުރު މަތިކުރަން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ މިހާރު ލޯނު ނެގޭ އުމުރު ކަމަށްވާ 60 އަހަރުން 70 އަަހަރަށް މަތި ކުރަން ނިންމާފަ އެވެ. 

މީގެ އިތުރުން ޝަރީފު ވިދާޅުވީ ބޭންކުން ގެންނަން ނިންމި އަނެއް ބަދަލަކީ ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ބޭރުގައި ދިރިއުޅޭ ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކަށް އާއްމު ރޭޓަށްވުރެ ކުޑަކޮށް ފައިނޭންސް ލިބޭނެ މަގު ފަހި ކުރުމެވެ. 

"ރިސޯޓްތަކުގައި މަސައްކަތް ކުރައްވާ ގިނަ ފަރާތްތަތަކީ އިންކަމް ޑޮލަރުން ލިބޭ ފަރާތްތައް. އެ ފަރާތްތަކުން ޑޮލަރުން ލޯނު / ފައިނޭންސް ރިޕޭކުރާނަމަ ކުޑަކޮށް ނެގޭނެ. އާއްމު އިންޓަރެސްޓް ރޭޓުން ބަލާނަމަ 1.5 ޕަސެންޓް ކުޑަކޮށް. އިކުއިޓީވެސް ފަސް ޕަސެންޓަށް ކުޑަކޮށް،" ޝަރީފު ވިދާޅުވި އެވެ. "މި އެޕްލައި ކުރެވޭނެ ރާއްޖޭން ބޭރުގައި ރަނގަޅު ވަޒީފާތަކުގައި އުޅޭ ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތައް ވެސް ފްލެޓެއް ގަންނަން ބޭނުންނަމަ އެކަމަށް ވެސް." 

ބީއެމްއެލްގެ ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް 27.6 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު މީގެތެރޭން 50 ޕަސެންޓަކީ ޑޮލަރުން ދޫކޮށްފައިވާ ލޯނުތަކެވެ. އަދި މިދިޔަ އަހަރު 10 ބިލިއަން ރުފިޔާގެ ލޯނު ދޫކުރިއިރު، މި އަހަރު މުޅިން އަލަށް ފަސް ބިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފަ އެވެ. މި ލޯނުގެ 50 ޕަސެންޓަކީވެސް ޑޮލަރުން ހުރި ލޯނުތަކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.