ބޮޑު ދަރަނި ދެއްކުމުގެ ފައިދާ ރާއްޖެއަށް ވަރަށް އަވަހަށް ކުރަން ފަށާނެ : ތަރުޖަމާނު

ޔޫއޭއީ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓްކޮށްފައިވާ މި ދަރަނި ދެއްކުމާ ބެހޭ ގޮތުން ޔޫއޭއީގެ ސަފީރުގެ މަގާމުގައި އެންމެފަހުން ހުންނެވި މުންދު ވިދާޅުވީ މި ދަަރަނި ދެއްކުމާއެކު ޔޫއޭއީގެ ކަމާބެހޭ ފަރާތްތަކުން ވެސް އެ ވާހަކަ ދެއްކެވި ކަމަށެވެ.

ޔޫއޭއީގެ ރައީސަށް މުންދުގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުން، ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖޭގެ ތާރީހުގައި ދެއްކި އެންމެ ބޮޑު ދަރަނި މި ސަރުކާރުން ދައްކާ ހަލާސް ކުރުމުގެ ފައިދާ ރާއްޖެއަށް ވަރަށް އަވަހަށް ކުރަން ފަށާނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ވަނީ ދަރަނި ދެއްކުމުގެ ސުންގަޑި ހަމަވުމުގެ ކުރިން 500 މިލިއަން ޑޮލަރުގެ ބޮޑު ދަރަނި ދައްކާ ހަލާސްކޮށްފަ އެވެ. 

ޔޫއޭއީ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓްކޮށްފައިވާ މި ދަރަނި ދެއްކުމާ ބެހޭ ގޮތުން ޔޫއޭއީގެ ސަފީރުގެ މަގާމުގައި އެންމެފަހުން ހުންނެވި މުންދު ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވިދާޅުވީ މި ދަަރަނި ދެއްކުމާއެކު ޔޫއޭއީގެ ކަމާބެހޭ ފަރާތްތަކުން ވެސް ވާހަކަ ދެއްކި ކަމަށާ މިއީ ރާއްޖޭގެ އިތުބާރު އިތުރު ވެގެން ދިޔަ ކަމެއް ކަމަށެވެ. 

މި ދަރަނި ސަރުކާރުން އަދާކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވް ބޭނުންކޮށްގެންނެވެ. ފިނޭންސް އިން ބުނެފައިވާ ގޮތުގައި މި ދަރަނި އަދާކުރުމާއެކު އުފެއްދުންތެރިކަމުގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރި މިންވަރު ދަށްވެ، ކުރިއަށް އޮތް މެދު ރާސްތާގައި ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ވަރުގަދަވެގެންދާނެ އެވެ.

ދަރަނި އަދާކުރުމާ ބެހޭ ގޮތުން ފިނޭންސް އިން ބުނި ގޮތުގައި މި ސުކޫކަކީ 2021 ވަނަ އަހަރު މުއްދަތު ހަމަވި 250 މިލިއަން ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑު ދެއްކުމަށްޓަކައި ރައީސް ސޯލިހުގެ ސަރުކާރުން ނަގާފައިވާ ދަރަންޏެކެވެ. އަދި މި ސުކޫކަކީ ދުނިޔޭގެ އިޤްތިސާދީ ހާލަތު ނާޒުކު ދަނޑިވަޅެއްގައި ދަރަނި އަދާކުރާނެ އެކަށީގެންވާ ސިޔާސަތެއް ނެތި، ބޮޑު އިންޓްރެސްޓެއްގައި ނަގާފައިވާ ދަރަންޏެއްކަންވެސް މާލީ ވުޒާރާއިން ފާހަގަކުރިއެވެ. އަދި 2023 ވަނަ އަހަރު ވެރިކަމާ ހަވާލުވި މިހާރުގެ ސަރުކާރުން ވަނީ ދައުލަތުގެ މާލިއްޔަތަށާއި އިޤްތިސާދަށް ނޭދެވޭ އަސަރެއް ނުކުރާނޭހެން ދަރަނި އަދާކުރުމަށް ހާއްސަ އިސްކަމެއް ދީފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.