މިމަހުގެ ފުރަތަމަ 15 ދުވަހު ދޫކުރި 488 މިލިއަން ރުފިޔާގެ ލޯނާއިއެކު، މިއަހަރު ދޫކުރި އާ ލޯނުގެ ޢަދަދު މިހާރު ވަނީ ފަސް ބިލިއަން ރުފިޔާއަށްވުރެ މަތިވެފަ އެވެ.
މިއަހަރުގެ ފުރަތަމަ ކްއާޓަރުގައި މި ހުރިހާ ސިނާޢަތްތައް ހިމެނޭހެން ބީއެމްއެލް އިން މުޅިން އަލަށް 4.6 ބިލިއަން ރުފިޔާގެ ލޯން ދޫކޮށްފި އެވެ.
ބީއެމްއެލްގެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ކާމިޔާބީގެ މައްޗަށް ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވާ ގޮތުގައި މިމަހުގެ ފުރަތަމަ 15 ދުވަހު ދޫކުރި 488 މިލިއަން ރުފިޔާގެ ލޯނާއިއެކު، މިއަހަރު ދޫކުރި އާ ލޯނުގެ ޢަދަދު މިހާރު ވަނީ ފަސް ބިލިއަން ރުފިޔާއަށްވުރެ މަތިވެފަ އެވެ.
"މިއީ 2025 ވަނަ އަހަރު މުޅި އަހަރު ދޫކުރި އާ ލޯނުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އަދަދެކެވެ. މިއިން ހާމަވަނީ ރާއްޖޭގެ ވިޔަފާރިތަކާއި އިގްތިސާދީ ކުރިއެރުމަށް ބޭންކުން ދޭ އަހައްމިއްޔަތެވެ،" ބީއެމްއެލް އިން ބުނެފައިވެ އެވެ.
ބީއެމްއެލް އިން ވަނީ މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ބޭންކުގެ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. މިގޮތުން ތ. ވިލުފުށި، އއ. ތޮއްޑޫ، ހދ. ހަނިމާދޫ، ލ. ހިތަދޫ، ސ. ހުޅުދޫ އަދި ހދ. ކުޅުދުއްފުށީގައި ބޭންކުގެ އައު ބްރާންޗުތައް ހުޅުވައި ރާއްޖޭގެ 70 ރަށެއްގައި އަލަށް 90 އޭޓީއެމް ވަނީ ބަހައްޓާފަ އެވެ. މި ޚިދުމަތްތައް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތުގައި70 ރަށުގައި ބެހެއްޓުނު 90 އޭޓީއެމްގެ ޚިދުމަތް އެއްފަހަރާ ސިންކްރޮނައިޒްކޮށް ފަށާފައެވެ. މި އައު އޭޓީއެމް ތަކާއިއެކު، ބޭންކުގެ ވިއުގަ މިހާރު ވަނީ 253 ދިވެހި ރުފިޔާ އޭޓީއެމް އަދި 86 ޔޫއެސް ޑޮލަރު އޭޓީއެމްއަށް ފުޅާވެފައެވެ.
މާކެޓް ކެޕިޓަލައިޒޭޝަން އިތުރުވުން
ނިމިދިޔަ ކުއާޓަރުގެ ތެރޭގައި، ބޭންކް އޮފް މޯލްޑިވްސްގެ އެންމެ ފަހުން ބޭއްވުނު އަހަރީ އާންމު ޖަލްސާގައި ފާސްކުރި ބޯނަސް ހިއްސާ ދޫކުރުމާއި ހިއްސާ ބައިކުރުމުގެ (ޝެއާ ސްޕްލިޓް) ނިންމުމާ ގުޅިގެން، ބޭންކުގެ މާކެޓް ކެޕިޓަލައިޒޭޝަން ވަނީ 7.8 ގުނަ އުފުލިފަ އެވެ. ކުންފުނީގެ މި ނިންމުންތަކާއެކު، އަހަރީ އާންމު ޖަލްސާގެ ކުރިން 3.6 ބިލިއަން ރުފިޔާގައި ހުރި މާކެޓް ކެޕިޓަލައިޒޭޝަން، 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް ވަނީ 28.2 ބިލިއަން ރުފިޔާއަށް އަރާފައެވެ.
2026 ވަނަ އަހަރުވެސް ބޭންކުގެ ކުރިއެރުން ވަނީ ދެމެހެއްޓިފަ