ހުސްވެފައިވާ އެސްޖީގެ މަގާމަށް މޫސާ ފަތުހީ އައްޔަނުކޮށްފައިވާކަން އިއުލާނުކޮށް، ޕީއެންސީން މިއަދު ވަނީ މަރުހަބާ ކިޔައިފަ އެވެ.

މިދިޔަ ހަފްތާގައި އުވާލެއްވި ލޯކަލް ގަވަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި މޫސާ ފަތުހީ، ސަރުކާރު ހިންގާ ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަގާމަށް އައްޔަނު ކޮށްފި އެވެ.
ހުސްވެފައިވާ އެސްޖީގެ މަގާމަށް މޫސާ ފަތުހީ އައްޔަނުކޮށްފައިވާކަން އިއުލާނުކޮށް، ޕީއެންސީން މިއަދު ވަނީ މަރުހަބާ ކިޔައިފަ އެވެ.
ސަރުކާރުގެ ކުންފުނިތައް ބަލަަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް ރައީސް އައްޔަނު ކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައިވެސް މޫސާ ފަތުހީ ހިމެނެ އެވެ.
ޕީއެންސީގެ އެސްޖީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މުއާޒު ހަލީމް މިދިޔަ ހޮނިހިރު ދުވަހު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
އޭނާ އިސްތިއުފާ ދެއްވާފައި ވަނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ މަސައްކަތްޕުޅަށް އެއްބާރުލުން ދެއްވަން ބޭނުންވާ ކަމަށް ވިދާޅުވެ އެވެ.