މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރަން ވަނީ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ވަނީ ރިޔާސަތުން ފޮނުވައިފަ އެވެ.

ސަރުކާރުގެ ހިންގުމަށް ބޮޑެތި އިސްލާހުތައް ގެންނަވައި، އަލުން އެކުލަވާލެއްވި ވަޒީރުންގެ މަޖިލީހަށް ރުހުން ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި މައްސަލަ ދިރާސާކުރަން މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ފޮނުވައިފި އެވެ.
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީއަށް ލިބުނު ބޮޑު ނާކާމިޔާބީ އާ ގުޅިގެން، ރައްޔިތުން އެދޭ ގޮތަށް ސަރުކާރުގެ ހިންގުމަށް ބޮޑެތި ބަދަލުތައް ގެންނަވާނެކަމަށް ރައީސް ވިދާޅުވެފައިވަނިކޮށް، ކެބިނެޓުގެ 10 މިނިސްޓަރަކު ވަނީ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފަ އެވެ.
އެއާ އެކު، މިނިސްޓްރީތަކުގެ މެންޑޭޓަށް ގެންނެވި ބަދަލުތަކާއެކު، ކެބިނެޓު އަލުން އެކުލަވާލައްވައި، އާ މިނިސްޓަރުން މަގާމުތަކަށް އައްޔަނުކުރައްވައިފަ އެވެ.
ސަރުކާރު ހިންގަމުން އައި 20 މިނިސްޓްރީ، 15 އަށް ކުޑަކުރައްވައި، އާ ވަޒީރުން ވަނީ އައްޔަނުކުރައްވައިފަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރަން ވަނީ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ވަނީ ރިޔާސަތުން ފޮނުވައިފަ އެވެ.