ކުންފުނިތަކުން މުވައްޒަފުން މަދުކުރާތީ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރު

ސަރުކާރު ކުންފުނިތަކުން 33 ޕަސެންޓަށް މުވައްޒަފުން މަދު ކުރުމުން ކުއްލި ގޮތަކަށް 13،000 މުވައްޒަފުން ވަކިވާނެ އެނާ ވިދާޅުވި އެވެ.

ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ޝަމްހީދު. --ފޮޓޯ: މަޖިލީހުގެ އިދާރާ

ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން ވަކި ކުރަން ނިންމާތީ އެކަމާ ގުޅޭ ގޮތުން އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރު ކޮށްލައިފި އެވެ.

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. އަދި އެ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް 39 މެންބަރުން ވޯޓު ދެއްވި އެވެ. 

އޭނާ ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ސަރުކާރު ކުންފުނިތަކުން 33 ޕަސެންޓަށް މުވައްޒަފުން މަދު ކުރުމުން ކުއްލި ގޮތަކަށް 13،000 މުވައްޒަފުން ވަކިވާނެ އެވެ. 

އެއްވެސް ޕްލޭނެއް ނެތި އަދި ކުއްލި ގޮތަކަށް ކުރާ އެފަދަ ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުން ވާނެ ކަމަށާއި އެއީ ވަޒީފާ އާ ބެހޭ ގާނޫނާއި އަދި ގާނޫނުއަސާސީގެ ބައެއް މާއްދާތަކާ ވެސް ހިލާފު ކަމެއް ކަމަށް ޝަމްހީދު ވިދާާޅުވި އެވެ.\

ހަރަދު ކުޑަ ކުރުމުގެ ގޮތުން މުވައްޒަފުން ވަކި ކުރުމުގެ ކުރިން ދައުލަތުން ކުރާ އެހެނިހެން އިސްރާފުތައް ހުއްޓާލުމަށް އެއްވެސް ކަމެއް ނުކުރާ ކަމަށް އެނާ ވިދާޅުވި އެވެ. އެކަން ނުކޮށް އަދި ދުނިޔެ މާލި ނުތަނަވަސްކަމެއްގައި އޮއްވާ އެތައް މުވައްޒަފުންތަކެއް ވަކި ކުރުމަކީ ސަރުކާރުން އެނގި ތިބެ ކުރާ ޖެއްސުމެއް ކަމަށް ވެސް ޝަމްހީދު ވިދާޅުވި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ނިޒާމާއި މެނޭޖްމަންޓް ހަރުދަނާކުރުމަށްޓަކައި، އެ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓް މަދުކުރަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް އެންގީ މިދިޔަ ހުކުރު ދުވަހު އެވެ.

އޭގެ އިތުރުން ވަޒީފާ އަށް މީހުން ނެގުމުގެ ނިޒާމު ހަރުދަނާކޮށް، ތައުލީމީ ފެންވަރާއި ހުނަރާއި ގާބިލިއްޔަތަށް ބަލައިގެން މީހުން އައްޔަންކުރާ އުސޫލު (މެރިޓް ބޭސްޑް ޕޮލިސީ) މިހާރަށް ވުރެ ހަރުދަނާ ކުރުމަށެވެ. އަދި އެ އުސޫލާ އެއްގޮތަށް އަމަލުކުރެވޭކަން ކަށަވަރު ކުރުމަށް ވެސް ޕީސީބީ އަށް އިރުޝާދު ދިން ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.