ފްލައިނަސްއަކީ ސައުދީގެ ފުރަތަމަ އަދި އެންމެ ބޮޑު "ލޯ-ކޮސްޓް" އެއާލައިނެވެ. މި އެއާލައިނުން ރާއްޖެއަށް ހަފުތާއަކު ތިން ފްލައިޓް ބާއްވާނެ އެވެ. މި އެއާލައިން ފުރަތަމަ އައީ 2023 ގަ އެވެ.

ސައޫދީ އަރަބިއްޔާގެ އެންމެ ފުރަަތަމަ އަދި އެންމެ ބޮޑު ލޯކޮަސްޓް އެއާލައިން ފްލައިނަސްގެ ދަތުރުތައް އަންނަ މަހު ފަަށަން ތައްޔާރު ވެއްޖެ އެވެ. ފްލައިނަސްގެ ދަތުރުތައް ފެށުމުގެ ގޮތުން މިހާރު ވަނީ ޝެޑިއުލް ވެސް ނެރެފަ އެވެ.
ރައީސް އޮފީހުގައި އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު ކެޕްޓަން މުހައްމަދު އަމީން ވިދާޅުވީ މި ހަނގުރާމައިގެ ސަބަބުން އިގްތިސޯދަށް ލިބެމުންދާ ގެއްލުން ކުޑަކުރަން ކުރަން ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުން ކެންސަލްވާ އެއާލައިންތަކުގެ އަދަދު ދަނީ މަދުވަމުންނެވެ.
މީގެ އިތުރުން ސައޫދީގެ ފްލައިނާސްގެ ދަތުރުތައް އަންނަ މަހުގެ ތިންވަނަ ދުވަހު ރާއްޖެއަށް ފަށަން ނިންމާފައިވާކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
ފްލައިނަސްއަކީ ސައުދީ އަރަބިއްޔާގެ ފުރަތަމަ އަދި އެންމެ ބޮޑު "ލޯ-ކޮސްޓް" އެއާލައިނެވެ. މި އެއާލައިންގެ މައި މަރުކަޒަކީ ސައޫދީގެ ރިޔާދު އެވެ. އަދި މި އެއާލައިނުން ދާދިފަހުން ވަނީ ރިޔާޒް، ޖިއްދާ، ދައްމާމް، އަދި މަދީނާގެ އިތުރުން އަބްހާގައިވެސް އައު އޮޕަރޭޝަނަލް ބޭސްއެއް ފަށާފަ އެވެ.
ފްލައިނަސްގައި މި ވަގުތު 67 އަށްވުރެ ގިނަ ބޯޓު އޮތްއިރު މީގެ ތެރޭގައި ގިނައީ އައު އެއާބަސް ނިއޯ 320 ގެ ބޯޓުތަކެވެ.
ފްލައިނަސް ރާއްޖެ އަށް އެންމެ ފުރަތަމަ އައިސްފައިވަނީ 2023 ވަނަ އަހަރުގެ ޖޫން މަހު އެވެ، މި އެއާލައިނުން ރިޔާޒްގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ހަފުތާއަކު ތިން ފްލައިޓް ބާއްވާފަ އެވެ.
ފްލައިނަސްއަކީ ބަޖެޓް އެއާލައިނަކަށް ވިޔަސް "އިކޮނޮމީ" އަދި "ޕްރީމިއަމް" (ބައެއް ފްލައިޓްތަކުގައި) ކްލާސްގެ ހިދުމަތް ލިބެން ހުރެ އެވެ. އަދި ފްލައިޓްގެ ޓިކެޓް ނަގާއިރު ނުވަތަ ފްލައިޓް ތެރެއިން ކާބޯތަކެތި ގަނެވޭނެ އިންތިޒާމް ހަމަޖައްސާފައި ހުރެ އެވެ.