ނަޝީދު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވަނީ

ނަޝީދު ވަނީ މީގެ ކުރިން 2005 ވަނަ އަހަރުން 2008 ވަނަ އަހަރާ ހަމައަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު އަދާ ކުރައްވައިފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭގެ ޖަލްސާގައި

ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވަން ނިންމަވައިފި އެވެ.

އެ މަނިކުފާނު އެކަން އިއުލާން ކުރެއްވީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއެކު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމުގައި ނަޝީދާއި ފައްޔާޒް ވަނީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމަށް ގެންނަން ފެންނަ ބޮޑެތި ބަދަލުތަކެއް އިއުލާން ކުރައްވައިފަ އެވެ.

އެއަށް ފަހު ނަޝީދު ވިދާޅުވީ އެ ބަދަލުތައް ފުރަތަމަ އެމްޑީޕީން އެއްބަސްވެ ބަލައިގަންނަން ޖެހޭ ކަމަށާއި އެހެންކަމުން އެކަން ކުރުމަށް އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވަން ނިންމަވާފައިވާ ކަމަށެވެ.

"އަޅުގަނޑު ގަސްތު ކޮށްފިން އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލާން. އެއީ މި ބަދަލުތައް ހޯދަން. މި ބަދަލުތައް މިހާރު ބޭނުން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވަނީ މީގެ ކުރިން 2005 ވަނަ އަހަރުން 2008 ވަނަ އަހަރާ ހަމައަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު އަދާ ކުރައްވައިފަ އެވެ.

މިހާރު އެ މަގާމް ހުސްވެފައިވާ އިރު އެ މަގާމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ކުރިމަތިލައްވައިފަ އެވެ. އޭގެ އިތުރުން އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރު ވެސް ވަނީ އެ މަގާމަށް ވާދަ ކުރަން ނިންމަވާފައިވާ ކަމަށް އިއުލާން ކުރައްވައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.