ފިޝަރީޒް މިނިސްޓަރު ޝިޔާމް ވިދާޅުވީ ގަހުކާނާގެ ބާވަތެއް ކަމަށްވާ ޔޫރިއާ ލިބުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.
މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމައިގެ ސަބަބުން ގަހުކާނާގެ ބައެއް ބާވަތްތައް ލިބުނު ދަތިވެފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމުގެ މިނިސްޓަރީން ބުނެފި އެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ދުނިޔޭގެ ގަހުކާނާގެ 35 ޕަސެންޓް ހިއްސާކުރާ މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމައިގެ ސަބަބުން ގަހުކާނާގެ ބާވަތެއް ކަމަށްވާ ޔޫރިއާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. މީގެ މައިގަނޑު ސަބަބަކީ ޔޫރިއާ ދުނިޔޭގައި ފަސް ވަނަ އަށް އުފައްދާ އީރާނަށް ހަމަލާ ދިނުމުން ހިނގަމުންދާ ހަނގުރާމައިގެ ސަބަބުންނެވެ.
"މި ނޫން އެހެން ބާވަތެއް އަނެއްހެން ލިބުން ދަތިކަމެއް ނެތް. ދެން އަނެއްހެން އޮތީ ސަޕްލައި ޗެއިންގައި ހުރި މައްސަލަތައް ފަދަ ކަންކަން،" ޝިޔާމް ވިދާޅުވި އެވެ.
އީރާނަކީ ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ ގޮތުން، ހާއްސަކޮށް ވަކި ބާވަތްތަކަކަށް ބަލާއިރު، ދުނިޔޭގެ ނިސްބަތުން ވަރަށް މުހިންމު ދައުރެއް އަދާކުރާ ޤައުމެކެވެ. ބައެއް ބާވަތްތަކުގެ ގަހު ކާނާގެ 90 ޕަސެންޓް އުފައްދަނީ އެ ގައުމުގަ އެވެ،